Roadha Mihaaru
ވީއޭއާރްގެ އެހީގައި މޮޅުވެ ރެއާލުން ތައްޓާ ކައިރިއަށް

މިފަހަރު ވެސް ރެއާލް މޮޅުވީ ވީއޭއާރްގެ އެހީގައި، ތައްޓާ ކައިރިއަށް ޖެހިލައިފި

27 އެޕްރީލް 2024

ސެން ސެބާސްޓިއަން (އޭޕްރީލް 27) – ރެއާލް ސޮސިއެދާދް ވެސް ވީއޭއާރްގެ އެހީގައި މޮޅުވެ، ލީގު ހޯދުމުގެ ރޭހުގައި ހަތަރު ޕޮއިންޓާ ކައިރި އަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

ސެން ސެބާސްޓިއަން (އޭޕްރީލް 27) – ރެއާލް ސޮސިއެދާދް ވެސް ވީއޭއާރްގެ އެހީގައި މޮޅުވެ، ލީގު ހޯދުމުގެ ރޭހުގައި ހަތަރު ޕޮއިންޓާ ކައިރި އަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

ކުރިއަށް ހަފުތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗު ކުރިމަތީގައި އޮތުމުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޓީމުގެ ފޯވާޑްލައިންގައި މުހިންމު ކުޅުންތެރިންނަށް ރެސްޓް ދީފަ އެވެ.

މެޗު ވަރުގަދަކޮށް ފެށީ ލަ ރެއާލްގެ ނަމުން މަޝްހޫރުވެފައިވާ ސޮސިއެދާދް އެވެ. އެކަމަކު މެޗުގައި ރެއާލްގެ ފުރަތަމަ ހަމަލާ 29 ވަނަ މިނެޓްގައި އުފައްދައި ރެއާލުން ވަނީ މެޗުގެ ހަމައެކަނި ސައްހަ ލަނޑު ޖަހައިފަ އެވެ.

ޑެނީ ކާވަހާލް ތިރިތިރިން ނަގައިދިން ބާރު ހުރަސް، މިޑްފިލްޑާ އަރްދާ ގުލާ ވައްދާލައި ރެއާލްގެ ލަނޑު ޖެހި އެވެ.

އޭގެ ފަހުން ޓަކެފޫސޫ ކޫބާ ލަނޑު ވައްދާލައި ލަ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދެވުނު ކަމަށް ހީކޮށް އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ވީއޭއާރްގެ އެހީގައި ބަލައި ރެފްރީ ހޯސޭ މުނުއޭރޯ ނިންމީ އޮފްސައިޑް ކަމަށެވެ.

ރެއާލަށް ލީގުގައި ދެން އޮތީ ފަސް މެޗެވެ. ތާވަލުގެ އެއްވަނައިގައި އެ ޓީމު އޮތީ ވާދަވެރި ބާސެލޯނާގެ މައްޗަށް 14 ޕޮއިންޓް ބޮޑު ލީޑެއްގަ އެވެ، މާދަމާ ރޭ ބާސާއިން ވެލެންސިއާއާ ދެކޮޅަށް ކުޅޭނެ އެވެ.