Roadha Mihaaru
ކެއާ ސޮސައިޓީގެ ޓީޗަރެއްގެ މުސާރަ ސްޓެލްކޯ އިން ދެނީ

ކެއާ ސޮސައިޓީ ޓީޗަރެއްގެ މުސާރަ ސްޓެލްކޯއިން ސްޕޮންސާކޮށްފި

20 ފެބުރުއަރީ 2017

ކެއާ ސޮސައިޓީ މުވައްޒަފެއްގެ އެއް އަހަރު ދުވަހުގެ މުސާރަ، ސްޓެލްކޯއިން ސްޕޮންސާކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެއާ ސޮސައިޓީ މުވައްޒަފެއްގެ އެއް އަހަރު ދުވަހުގެ މުސާރަ، ސްޓެލްކޯއިން ސްޕޮންސާކޮށްދީފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޕޮންސަޝިޕްގެ އެ އެއްބަސްވުމުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝުކޫރު އަދި ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު ނައުޝީން މުހައިމިން ވަނީ ސޮއިކުރައްވައިފަ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ ކެއާ ސޮސައިޓީ މުވައްޒަފެެއްގެ އެއް އަހަރުގެ މުސާރަ ސްޕޮންސާކޮށްދިނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ކުންފުނިން ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ކުންފުނިން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ނާޒިރު ވިދާޅުވި އެވެ.

ސްޓެލްކޯއިން މިހާރު ވެސް އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނީގެ އެކި ބްރާންޗުތަކުން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަނީ ވަޒީފާ ދީފަ އެވެ.

މީގެ އިތުރުން ސްޓެލްކޯގެ މިއަހަރުގެ ކަލަންޑަރު ހާއްސަކޮށްފައިވަނީ އޯޓިސްޓިކް ކުދިންތަކެއްގެ ކުރެހުންތަކަށެވެ.