30 އެޕްރީލް 2024
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޯޓުން ބޭރު ނުކުރުމުން އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޯޓުން ބޭރު ނުކުރުމުން އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޑީއާރުޕީން ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދޭންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވައި އެ ޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި އޮތީ މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ.
އެ މައްސަލަ އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައުމޫންގެ ފަރާތްޕުޅުން އިޖްރާއީ ނުކުތާއެއް ނެގީ އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް ހައި ކޯޓުން މިދިޔަ މަހު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެހެންވެ، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތްޕުޅުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެ ވަޑައިގަތެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައިގެން 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި އެވެ. އަދި 2016 ވަނަ އަހަރު ޕީޕީއެމްއިން އެމަނިކުފާނު ވަކި ކުރުމުން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. މިދިޔަ އަހަރު ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މެމްބަރުންގެ އަދަދު ހަމަ ނުވާތީ އެވެ.
ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭތޯ ހައިކޯޓުން ބަލަނީ
މައުމޫނާ ދެކޮޅަށް ހުށަހެޅި އިސްތިއުނާފް ބަލައިނުގަތް
ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރުވަން ހައިކޯޓަށް
ޑީއާރުޕީގެ ހަތް ލައްކައިގެ ދަރަނިން ސަލާމަތެއްނުވި
ޑީއާރުޕީގެ ދަރަނި: ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
1.1 މިލިއަންގެ ދަރަނިން ޑީއާރުޕީ ސަލާމަތެއް ނުވި
މައުމޫން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
10 އަހަރުކުރީގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް