10 ޖޫން 2020
އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދޭން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދޭން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ކުރިން ރާއްޖޭގެ އެންމެ ބޮޑު ސިިޔާސީ ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީ އިން 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އެމްޓީސީސީން ހޯދި ޚިދުމަތްތަކަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން 2014 ގައި ކުރި ހުކުމަށް 2017 ގައި ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ޑީއާރުޕީން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމުގެ ކުރިން އިޖްރާއީ އަޑުއެހުމެއް ބާއްވަން 2018 ގައި ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ.
އިޖްރާއީ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމެވި ނިންމުމުގައިވަނީ ޑީއާރުޕީން އެ ފައިސާ ދައްކަން ޖެހޭ ކަމަށް ހައިި ކޯޓުން ކުރި ހުކުމް ރަނގަޅު ނޫން ކަމަށް ބުނާ ބުނުން ފިޔަވައި އެކަމަށް ބާރު ދޭ އެއްވެސް ގާނޫނީ އަސާސެއް އެ ޕާޓީގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ކޯޓުތަކާ ބެހޭ ގާނޫނު އޮތްގޮތުން ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ވަކި ހާލަތްތަކެއްގައި ކަމަށާއި އަދި އެ މައްސަލާގައި އެފަދަ ގާނޫނީ ބަހުސެއް އޮތްކަން ޑީއާރުޕީއަށް ނުދެއްކޭތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެ ޕާޓީގެ އިސް ބޭފުޅުން ޕާޓީ ދޫކުރައްވައި، ވަޑައިގަތްއިރު އެ ޕާޓީއަށް އޮތީ މާލީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފަ އެވެ.
އެމްޓީސީސީ އަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ސްޓޫޑިއޯ އިން ހޯދި ޚިދުމަތްތަކަށް ވެސް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހައި ކޯޓުން އޮތީ ޑީއާރުޕީގެ މައްޗަށް ހުކުމްކޮށްފަ އެވެ.
މައުމޫން ދަރަންޏަށް ޒިންމާކުރުވަން އުޅޭތީ ސުޕްރީމްކޯޓަށް
ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭތޯ ހައިކޯޓުން ބަލަނީ
މައުމޫނާ ދެކޮޅަށް ހުށަހެޅި އިސްތިއުނާފް ބަލައިނުގަތް
ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރުވަން ހައިކޯޓަށް
ޑީއާރުޕީގެ ހަތް ލައްކައިގެ ދަރަނިން ސަލާމަތެއްނުވި
1.1 މިލިއަންގެ ދަރަނިން ޑީއާރުޕީ ސަލާމަތެއް ނުވި
މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އާއި ލޭބަ ޕާޓީ އުވާލައިފި
10 އަހަރުކުރީގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި
ޖާބިރު ޑީއާރުޕީން އިސްތިއުފާދެއްވައިފި
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް