Roadha Mihaaru
މަހަށް ނުކުމެ އުޅެނިކޮށް 347 ކިލޯގެ ހިބަރެއް

ދެބަފައިން މަހަށް ނުކުމެ 347 ކިލޯގެ ހިބަރެއް ބާނައިފި!

05 މެއި 2024

ނ. ކެނދިކުޅުދޫ އިން ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު މީހަކު 340 ކިލޯ އަށް ވުރެ ބަރު ހިބަރެއް އިއްޔެ ބާނައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނ. ކެނދިކުޅުދޫ އިން ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު މީހަކު 340 ކިލޯ އަށް ވުރެ ބަރު ހިބަރެއް އިއްޔެ ބާނައިފި އެވެ.

ފިރިހެން ދަރިއަކާ އެކު ކުޑަ ޑިންގީއެއްގައި އެ އަތޮޅު ބޮމަސްދޫ ކައިރިއަށް ނުކުމެ އުޅެނިކޮށް އެ މަސް ބޭނީ، މަސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އުޅުނު ޖައުފަރު އީސާ އެވެ.

އޭނާ "މިހާރު" އަށް މިއަދު ބުނީ ހެނދުނު 9:30 ހާއިރު ނަނު އެއްލުމަށް ފަހު، މަސް ގަތީ މެންދުރު 12:30 ހާއިރު ކަމަށެވެ. އެ ހިބަރު ބަރުކަމުން ޑީންގީ އަށް ނަގަން ޖެހުނީ،ޖައުފަރު، 57، ބުނިގޮތުގައި ރަށުން އިތުރު މީހަކު ގެންގޮސްގެންނެވެ.

އެ މަސް ނެގުމުގެ ތެރޭގައި ޖައުފަރުގެ އަތުގެ އެކި ތަންތަނުގައި ފޮޅުލާފައި ވެ އެވެ.

ބަރުދަނުގައި 347 ކިލޯ ހުރި ހިބަރު ވިއްލައިލީ ށ. މާއުނގޫދޫގައި ލޮނު މަހުގެ ވިޔަފާރިކުރާ މީހަކަށް، ކިލޯއަކަށް 20ރ. ގެ ރޭޓުންނެވެ. އެ ވިއްކާލައިގެން ޖައުފަރު 6،940ރ. ހޯދި އެވެ.

"ކުރިން ބޮޑެތި ދޯނިތަކުގައި މަހަށް ދިޔައީ. އެކަމަކު، ދަރިން މިހާރު ވަޒީފާ އަށް ދާން ފެށުމާއި ރަށް ދޫކޮށްފައި ފުރައިގެން ދާން ބޭނުން ނުވާތީ ޑިންގީގައި މިހާރު ދަނީ،" ފަސް ކުދިންގެ ބައްޕަ ބުންޏެވެ.

ޑިންގީގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖައުފަރު މަހަށް ނުކުމެ އެވެ. އޭގެ ތެރެއިން، ގިނައިން މަސް ބޭނިއްޖެ ނަމަ ބައެއް ދުވަސް ދުވަހު މަސްތައް ވިއްކާލަނީ އެވެ.