އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑަން އަށް ވަނުމަށް ފީ ނަގަން ފަށައިފި އެވެ.
13 މެއި 2024
އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑަން އަށް ވަނުމަށް ފީ ނަގަން ފަށައިފި އެވެ.
އެ ޕާކަށް ވަނުމަށް ފީއެއް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކުރީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. އޭރު ފާސްކުރި އުސޫލުގެ ދަށުން އިއްޔެ އިން ފެށިގެން ޕާކަށް ވަނުމަށް ފީ ނަގަން ވަނީ ފަށައިފަ އެވެ.
އެ އުސޫލުގައި ބުނީ، ޕާކަށް ވަނުމަށް ފީ ނަގާނީ ޓިކެޓް ވިއްކައިގެން ކަމަށެވެ. އެ ޓިކެޓުގައި ވަދެވޭނީ ގިނަވެގެން 45 މިނިޓަށް ކަމަށް ވެސް އުސޫލުގައި ބަޔާން ކޮށްފައި ވެ އެވެ.
- ދިވެހިންނަށް: 10ރ.
- ޓޫރިސްޓުންނަށް: 50ރ.
- ބިދޭސީ މަސައްކަތްތެރިންނަށް: 15ރ.
އިކޯ ގާޑަން ޑިވެލޮޕްމެންޓް ޓީމާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ދައުލަތުގެ ރަސްމީ ބޭނުންތަކަށް އެ ތަނަށް ވަނުމަށް ވިޒިޓިން ކާޑެއް ދޫކުރާނެ ކަމަށް ވެސް އުސޫލުގައި ވެ އެވެ.
ޕާޓީތަކާއި ހަފުލާތައް ބޭއްވުމަށް އެ ތަން ކުއްޔަށް ދޫކުރާނީ މަދުވެގެން ތިން ގަޑިއިރަށެވެ. އެ ތިން ގަޑިއިރުގެ ފީއަކީ 800ރ. އެވެ. އިތުރުވާ ކޮންމެ ގަޑިއަކަށް 100ރ. ނަގާނެ އެވެ.
އިކޯ ގާޑަން އަށް ވަނުމުގެ ފީ ބޭނުން ކުރާނީ އެ ތަން މަރާމާތުކޮށް ބެލެހެއްޓުމަށް ކަމަށާއި އެ ތަނުން ލިބޭ އާމްދަނީ ޖަމާ ކުރާނީ އައްޑޫ ކޮންޒަވޭޓިން ޓްރަސްޓް ފަންޑަށް ކަމަށް ވެސް ކައުންސިލްގެ އުސޫލުގައި ވެ އެވެ. އިކޯ ގާޑަންގެ ފަންޑުގެ ފައިސާ ހަރަދުކޮށް، ބަލަހައްޓާނީ ދައުލަތުގެ މާލިޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް ވެސް އުސޫލުގައިވެ ބަޔާން ކޮށްފައި ވެ އެވެ.
ހުއްދަ ނުހޯދައި އައްޑޫގައި ބީޗުތައް ނަހަދަން އަންގައިފި
މީދުއަށް އުދައާ އެކު ލިބުނީ ދިގު ހުރާގަނޑެއް!
ހުޅުދު އާއި މީދޫގައި ވަކި ދެ ކައުންސިލެއް އުފައްދަނީ
އަޅުވެތިކަން ނިމި، މިއީ ބޮޑު ކާމިޔާބީއެއް:ހުޅުދޫ/މީދޫ
ނަޝީދުގެ ހައްލަކީ ބިދޭސީންނާއެކު އައްޑޫއާބާދީ މަތިކުރުން
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
"މިހާރު" ބަހުސްގައި އޯޑިއަންސަށް ސުވާލުކުރަން ލިބޭނެ
އައްޑޫ ވޯޓާގުޅޭ ބަހުސެއް "މިހާރު" އިން ބާއްވަނީ
އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު