Roadha Mihaaru
ޕާކިސްތާނުގައި ޑިގްރީން ޕީއެޗްޑީއަށް ކިޔަވަން ސްކޮލާޝިޕްތަކެއް

ޕާކިސްތާނުގައި ޑިގްރީން ފެށިގެން ޕީއެޗްޑީ އަށް 10 ދާއިރާއަކުން ކިޔަވަން ސްކޮލާޝިޕްތަކެއް

13 މެއި 2024

ޕާކިސްތާނުގެ ބަހްރިޔާ ޔުނިވާސިޓީގައި ޑިގްރީން ފެށިގެން ޕީއެޗްޑީ އަށް ކިޔަވަން ދިވެހިންނަށް ސްކޮލާޝިޕަށް ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕާކިސްތާނުގެ ބަހްރިޔާ ޔުނިވާސިޓީގައި ޑިގްރީން ފެށިގެން ޕީއެޗްޑީ އަށް ކިޔަވަން ދިވެހިންނަށް ސްކޮލާޝިޕަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޔުނިވާސިޓީން ހިންގާ އަންޑާ ގްރޭޖުއޭޓް އަދި ޕޯސްޓް ގްރޭޖުއޭޓް ކޯސްތަކުގައި އަމިއްލަ ހަރަދުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ހުޅުވާލައިފައި ވަނީ ކިތައް ފުރުސަތު ކަމެއް އަދި ސާފެއް ނުވެ އެވެ.

ސްކޮލާޝިޕްދޭ ދާއިރާތައް:

1. ބިޒްނަސް ސްޓަޑީސް

2. ކޮމްޕިއުޓާ ސައިންސް

3. އާޓް އެންޑް އެންވާރްމެންޓް ސައިންސް

4. ހިޔުމަނިޓީސް އެންޑް ސޯޝަލް ސައިންސް

5. އިސްލާމިކް ސްޓަޑީސް

6. ލޯ

7. މެރިޓައިމް ސްޓަޑީސް

8. ސައިކޮލަޖީ

9. މީޑިއާ ސްޓަޑީސް

10. މެނޭޖްމެންޓް ސައިސް

އެ ސްކޮލާޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ނަމަ އަންނަ މަހުގެ ދޭއްގެ ކުރިން އޮންލައިންކޮށް އެޕްލައި ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.