Roadha Mihaaru
އެޕެކްސް ލެޖެންޑްސް ސީރީޒްގެ ފުރުސަތު

އުރީދޫ ނޭޝަން އެޕެކްސް ލެޖެންޑްސް ސީރީޒްގެ ފުރުސަތު

14 މެއި 2024

އުރީދޫ ނޭޝަން ގޭމާސް ލޭންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕެކްސް ލެޖެންޑްސް ސީރީޒް އެކްސް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ ނޭޝަން ގޭމާސް ލޭންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕެކްސް ލެޖެންޑްސް ސީރީޒް އެކްސް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑު 8 އަށެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތް އުރީދޫ ނޭޝަން ގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫ ނޭޝަންސްގެ ސޯޝަލް މީޑިއާ ޕޯސްޓެއް.

"ބެޓަލް ރޯޔަލް" ގޭމުތަކުގެ ތެރެއިން އެޕެކްސް ލެޖެންޑްސް އަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ގޭމެވެ. މިއީ ރާއްޖޭގައި ވެސް އެންމެ މަގުބޫލު އެއް ގޭމެވެ. މި މުބާރާތުގެ ޕްރައިޒް ޕޫލަކީ 10000ރ. އެވެ. އަދި އެއްވަނަ ހޯދާ ޓީމަށް 4000ރ. އުރީދޫން ވަނީ ހުށަހަޅައިފަ އެވެ.

އުރީދޫ ގޭމާސް ނޭޝަންސްގެ "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު މި މުބާރާތުގެ ހުރިހާ ބައިވެރިންނަށް ވެސް ލިބޭނެ އެވެ. "އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވޭ އެންމެ މޮޅު ގޭމަރެވެ. މިއީ ރާއްޖޭގައި މިފަދަ ޓައިޓަލްއެއް ހޮވާ ފުރަތަމަ ފަހަރެވެ.