Roadha Mihaaru

ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ކުރިއަށް ދަނީ

އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ އަދި އިންފޮމޭޝަން އެންޑް އާޓް ގުޅިގެން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ފަށައިފި އެވެ.

ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ކުރިއަށް ދަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

13 މާޗް 2025

އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ އަދި އިންފޮމޭޝަން އެންޑް އާޓް ގުޅިގެން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ފަށައިފި އެވެ.

ރޭ ފެށި މި ފެސްޓިވަލް އޮންނާނީ ކޮންމެ ރެއަކު 9 އިން މެންދަމު 12 އަށް ލިލީ މަގުގައި ހުންނަ ޔޫތު ތާޑް ސްޕޭސްގަ އެވެ. މި ފެސްޓިވަލް މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ޖުމްލަ 30،000ރ. ގެ ޕްރައިޒްޕޫލަކާ އެކު ބާއްވާ މި ފެސްޓިވަލުގައި އީއޭއެފްސީ އާއި ޕަބްޖީ މޮބައިލް އަދި ޓެކެންގެ ޓައިޓަލްތަކަށް ގޭމަރުން ވާދަކުރާނެ އެވެ. މި ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކުރަން ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

އެ ފެސްޓިވަލުގައި ކުރިއަށް ގެންދާ މުބާރާތްތަކުގެ އިތުރުން އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނެއް ވެސް ހިމެނެ އެވެ. އެ ތަނުގައި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް އާއި ޓެކްކެން އަދި ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތައް ކުޅެވޭނެ އެވެ.

އުރީދޫން ބުނީ މި ފެސްޓިވަލްގެ ބޭނުމަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ދިނުން ކަމަށެވެ. އަދި މި ފެސްޓިވަލަކީ ގޭމިންއަށް ލޯބިކުރާ އެންމެންނަށް ކަމުދާނެ ފެސްޓިވަލެއް ކަމަށް އުރީދޫން ބުންޏެވެ.