ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ހުކުރު ދުވަހު ފަށާނެ އެވެ.
18 ފެބުރުއަރީ 2025
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ހުކުރު ދުވަހު ފަށާނެ އެވެ.
ހުކުރު އަދި ހޮނިހިރު ދުވަހު އޮންނަ އެ ފެސްޓިވަލްގައި "އުރީދޫ ނޭޝަން" ގެ ކޮންޓެންޑާ ސީރީޒްތަކުގައި ވާދަކޮށް، ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން 240،000ރ. ގެ ޕްރައިޒް ޕޫލަށް ވާދަކުރާނެ އެވެ.
އެ ފެސްޓިވަލުގައި ޕަބްޖީ މޮބައިލާއި މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތްތައް ކުރިއަށް ދާނެ އެވެ. އަދި އެ ފެސްޓިވަލުގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މި ފެސްޓިވަލުގައި ޕަބްޖީ މޮބައިލް މުބާރާތުގެ ޗެމްޕިއަން ކަމަށް ބައިލައްކަ ރުފިޔާ އަދި ދެވަނައަށް 20،000ރ. އަދި ތިން ވަނަ އަށް 15،000ރ. އަދި ހަތަރު ވަނަ އަށް 10،000ރ ގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. މި ފެސްޓިވަލުގެ މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް (އެމްއެލްބީބީ) އާއި އީއޭއެފްސީގެ ޗެމްޕިއަން ކަމަށް ހުށަހަޅާފައިވަނީ 20،000ރ. އެވެ. ދެވަނަ އަށް ދާ ފަރާތަށް 15،000ރ. ހުށަހަޅާފައިވާއިރު، ތިން ވަނަ އަށް ދާ ފަރާތާށް 10،000ރ. ގެ އިނާމެއް ހުށަހަޅާފައިވެ އެވެ. މި ތިން މުބާރާތުގެ އެމްވީޕީއަށް ހޮވޭ ފަރާތްތަކަށް ހުށަހަޅާފައި ވަނީ 5000ރ. އިނާމެކެވެ.
އެ ފެސްޓިވަލުގެ ކޮސްޕްލޭ މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަކަށް 5000ރ. ގެ އިނާމެއް އަދި ދެވަނަ އަށް 3000ރ. ގެ އިނާމެއްގެ އިތުރުން އަދި ތިން ވަނަ އަށް ދާ ފަރާތަށް ހުށަހަޅާފައި ވަނީ 2000ރ. އިނާމެކެވެ.
މި ފެސްޓިވަލުގައި އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާއަށް 30،000ރ. ގެ އިނާމެއް ހުށަހަޅައިފަ އެވެ.
އުރީދޫ ނޭޝަން އިން ގޭމިން ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި އަހަރުގެ ތެރޭގައި އުރީދޫ ނޭޝަަން އިިން ވަނީ އެކި ގޭމިން މުބާރާތްތައް ބާއްވައިފަ އެވެ. އުރީދޫ ނޭޝަން އަކީ ގޭމިން ކުރިއަރުވައި، އީ-ސްޕޯޓްސްގެ ފުރުސަތުތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދައިދިނުމުގެ ގޮތުން އުރީދޫން ތައާރަފް ކުރި ޕްލެޓްފޯމެކެވެ.
ގޭމިން ފެސްޓިވަލް ފެބްރުއަރީ މަހު ބާއްވަނީ
"އަތޮޅު ދުވުމުގައި" އިނާމަކަށް ހައިބްރިޑް ބައިސްކަލެއް
އޮފީސްތަކުގެ އީސްޕޯޓްސް މުބާރާތަށް ހޫނު ތަރުހީބެއް!
ވާދަވެރި ފިނާލޭއަކުން މޮޅުވީ ގަތަރުގެ ޓީމް
އުރީދޫން އޮފީސްތަކަށް ގޭމިން މުބާރާތެއް ބާއްވަނީ
އެޕެކްސް ލެޖެންޑްސް ސީރީޒްގެ ފުރުސަތު
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް ނިންމާލައިފި
ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި
އުރީދޫން "ގޭމް ރޫމް" އާ ގުޅިއްޖެ
އުރީދޫން ހިއްސާއަކަށް 3.43ރ. ބަހަނީ