Roadha Mihaaru
އެމްޕީއެލްގެ ފްލެޓުތަކުން ކުލި ނަގަން ފަށަނީ

އެމްޕީއެލްގެ ފްލެޓުތަކުން އޮކްޓޫބަރު މަހުން ފެށިގެން ކުލި ނަގަނީ

15 މެއި 2024

އަންނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތަކުން ކުލި ނަގަން ފަށާނެ ކަން އަންގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތަކުން ކުލި ނަގަން ފަށާނެ ކަން އަންގައިފި އެވެ.

އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމެންޓުން ފްލެޓް ލިބުނު މީހުންނަށް ފޮނުވި ލިޔުމުގައި ވަނީ ޕޯޓް ރެޒިޑެންސްގެ މަހު ކުލި އޮކްޓޫބަރު މަހުން ފެށިގެން ދައްކަން ޖެހޭނެ ކަމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލް އިން މުވައްޒަފުންނަށް ދޫކުރީ 534 ފްލެޓެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

އެ ތަނުގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، ފްލެޓްތަކުން ކުލި ނަގަން ފަށާނީ، ހުރިހާ އެންމެން އެޕާޓްމެންޓްތަކަށް ވަދެ ނިމުމުން ކަމަށެވެ.

އެމްޕީއެލް އިން މީގެ ކުރިން ވަނީ ޑައުންޕޭމެންޓާއި ކުލި ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސާފަ އެވެ.