ފުލުހުން މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފަސް މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
16 މެއި 2024
ފުލުހުން މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފަސް މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ފަސް މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފަސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން ތިބި އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މާލޭގައި ފުލުހުން ދޭތެރެދޭތެރެއިން ހިންގާ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ މައްސަލާގައި އަބަދުވެސް މީހުން ހައްޔަރުކުރެ އެވެ.
އެތެރެކުރުން މަނާ ބޭހާއެކު މާލެއިން މީހަކު ހައްޔަރު
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ބަނގުރަލާއެކު 200،000ރ. ހޯދައިިފި
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
އަނިޔާގެ ރިޕޯޓަކާހެދި ވަންއިރު ފެނުނީ 17 ކިލޯ ޑްރަގް
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް މައްސަލައެއްގައި ނިލަންދޫން ނުވަ މީހަކު ހަައްޔަރު