16 މެއި 2024
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފި އެވެ.
އެ ދެ ލޯނު ދޭނެ ކަމުގެ ޔަގީންކަން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ސަރުކާރަށް ވި ނާކާމިޔާބީ އެކު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ މުއްދަތުގެ ތެރޭގައި އެ އަހަރުގެ އޮކްޓޫބަރު މަހުގައި ސައުދީ ފަންޑުން އޮތީ ސަރުކާރަށް އަންގައިފަ އެވެ.
ޖުމްލަ 2.3 ބިލިއަން ރުފިޔާގެ މި ދެ ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގެވެ. ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްޑީއެފް) ގެ ފަރާތުން ސޮއި ކުރެއްވީ މިއަދު ރާއްޖެ ވަޑައިގެންނެވި އެ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީގު ވިދާޅުވީ، ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ ތަފާތު މަޝްރޫއުތަކަށް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އިން އަރައިގަތުމަށް ވެސް އެ ފަންޑުން ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީގެ މުހިންމު މަޝްރޫއުތަކުގައި ސައުދީ ފަންޑުގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ޝަފީގު އަދި ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު -- ފޮޓޯ: ނިޝާން އަލީ / މިހާރު
މިނިސްޓަރު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ހަމަޖައްސައި ދިނުމުން ސައުދީ ފަންޑުގެ ބޯޑަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އެހެންވެ، އެއާޕޯޓު ތަރައްގީ ކުރަން ސައުދީ ފަންޑުން ދިން އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް މިހާރު އަރާނެ އެވެ.
ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު ވިދާޅުވީ، އެއާޕޯޓާއި ސިއްހީ ދާއިރާ އާއި ހައުސިން އަދި އުމްރާނީ އެހެން މަޝްރޫއުތަކުގައި ވެސް ސައުދީ އިން އެހީވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ސައުދީގެ އެހީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންތައް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީ ތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ.
"މިއަދު ސޮއިކުރި އެއްބަސްވުމާ އެކު، އެއާޕޯޓު އަޕްގްރޭޑުކޮށް، ތަރައްގީ ކުރުމަށް މި ވަނީ ހަ ލޯނެއް ސައުދީ ފަންޑުން ދީފައި. އެ ލޯނުގެ އަދަދު 285 މިލިއަން ޑޮލަރަށް އަރާ،" އޭނާ ވިދާޅުވި އެވެ.
މިއަދު ދެވަނަ އަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން 50 މިލިއަން ޑޮލަރު ސިއްހީ ދާއިރާ އަށް ހާއްސަކޮށްފައިވާ އިރު، އެ ލޯނުގެ އެހީގައި ތިން ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ތިން ހޮސްޕިޓަލްގައި 150 އެނދު ގާއިމް ކުރާނެ އެވެ.
ސިއްހީ ދާއިރާ އަށް ދިން ލޯނުގެ އެހީގައި ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދީ ފަންޑުގެ އިސްވެރިޔާ ވިދާޅުވި އެވެ.
އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ
އެއާޕޯޓް ނިންމަން ސައުދީން އިތުރު 100 މިލިއަން
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު
އާ ޓާމިނަލަށް ދިވެހިވަންތަ ސިފަތަކެއް ގެންނަނީ
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން
އެއާޕޯޓުގެ މަސައްކަތް ފެށުން ދެން ލަހެއް ނުވާނެ
ބޯހިޔާވަހިކަން ފޯރުކޮށްދޭން ސައުދީން އެހީވާން ނިންމައިފި
ސައުދީ ފަންޑުގެ މަޝްރޫއުތަކާ ބެހޭ މަޝްވަރާކޮށްފި