ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ދިރާސާ ހަދަން ޗައިނާގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
22 މެއި 2024
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ދިރާސާ ހަދަން ޗައިނާގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިންނެވެ.
މިނިސްޓްރީން ބުނީ މި މަރުހަލާގައި މަޝްރޫއުގެ ޓެކްނިކަލް ތަފްސީލުތައް ދެނެގަނެ، މަސައްކަތުގެ ޓެންޑާ މަރުހަލާއަށް ބޭނުންވާ ލިޔެލިޔުންތައް ތައްޔާރުކުރާނެ ކަމަށެވެ.
ވިލިމާލެ ހޮސްޕިޓަލްގެ ކަންތައް ބަލަހައްޓާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް މިދިޔަ ޑިސެމްބަރު މަހު "މިހާރު" އަށް ވިދާޅުވީ ހޮސްޕިޓަލްގެ ނަމުގައި ހިންގިއަސް، މިހާރު ވިލިމާލޭ ހޮސްޕިޓަލުން އެކަށީގެންވާ ހިދުމަތެއް ނުލިބޭ ކަމަށެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕަޓަލެއް ތަރައްޤީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރުމުގެ ރަސްމިއްޔާތު. pic.twitter.com/Km4Xj1BcS3
— IGMH (@igmhmv) May 22, 2024
އެހެންވެ، އެކަންކަން ރަނގަޅުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކަށް ވިއަސް، ހިދުމަތްތައް ރަނގަޅުކުރުމަށް އެ އިމާރާތަކީ އެކަށީގެންވާ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް، އެ ތަންތަނުގައި މީހުން އާބާދުކޮށް ވިލިމާލެއަށް ބްރިޖުން ގުޅާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނާތީ ވިލިމާލޭގައި ފެންވަރު ރަނގަޅު އާ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ސާވޭ ހެދުމަށް ފަހު، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ ދެ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތައް ނިންމައި ބޭނުންކުރަން ފެށުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސާވޭ ކުރާއިރު، އެ ހޮސްޕިޓަލް މިހާރު ހިންގާ ބިމުގައި އާ އިމާރާތެއް އެޅޭ ނަމަ އެ ތަން ހަދާނީ މިހާރު ވެސް ހޮސްޕިޓަލް ހިންގާ ބިމުގަ އެވެ. އެކަމަކު، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ ތަން ތަޅާލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ރާއްޖެ-ޗައިނާ ގުޅުމުގެ ރަމްޒަކަށް "ބްރިޖު ޕާކް"
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ
ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށައިފި
17 ލެބޯޓްރީއަކަށް ސާމާނު ހޯދަން ޗައިނާއާއެކު ސޮއިކޮށްފި
ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ދީފި
ބްރިޖުގެ މެއިންޓެނަންސް ޗައިނާ އިން ހިލޭ ކޮށްދެނީ
ރަސްމާލޭގައި 15،000 ފްލެޓު އަޅަން ހުށަހަޅައިފި
ވެންޓިލޭޓަރާއެކު އިތުރު ސާމާނު ޗައިނާއިން ހަދިޔާކޮށްފި