ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ކުރަން ހުއްދަ ދިނުމުގެ ކުރިން އެ ތަކެތި ޓެސްޓުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
23 މެއި 2024
ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ކުރަން ހުއްދަ ދިނުމުގެ ކުރިން އެ ތަކެތި ޓެސްޓުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި ދިގުދެންމުމަށްފަހު އެ ބިލް ފާސްކުރީ މި މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި، މި މަހުގެ 13 ވަނަ ދުވަހެވެ.
އެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެއިން އެކްސްޕޯޓު ކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެ އެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި އެ ތަކެއްޗަކީ އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތިކަން އެނގޭނެ އުސޫލުތަކާއި މިންގަނޑުތައް ވެސް އާއްމުކުރަންޖެހޭނެ އެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވިޔަސް، އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ. މި ގާނޫނާ ހިލާފުވެއްޖެނަމަ، އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000ރ. އާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އޮވެ އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އެ ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް އެތެރެކުރެވެނީ ރައްކާތެރި ކާބޯތަކެތިކަން ޔަގީން ކުރެވޭނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ގެންނަ ކާބޯތަކެތި ޓެސްޓުކުރަނީ ރެންޑަމްކޮށެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، ކެއުމާއި ބުއިމުގައި ބޭނުންކުރާ ހުރިހާ ބާވަތެއް ދެން ރާއްޖެ އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު އެވެ. އެއާއެކު، ރާއްޖޭގައި ދަނޑުވެރިން ހައްދާ ތަކެތި ޓެސްޓުކުރުމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
އާ ގާނޫނުން ބާރުތަކާއެކު އެމްއެފްޑީއޭ އުފައްދައިފި
އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތާ އެކު
ހުއްދަ ނުނަގާ ކާބޯތަކެތި އިޝްތިހާރުކުރުން މަނާކޮށްފި
ރާއްޖޭގައި ވޭޕް މަނާކުރުމުގެ ހަރުކަށި ފިޔަވަޅުތަކެެއް!
ފުޑް ސޭފްޓީގެ ފުރަތަމަ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއް
މިއީ ސާފު ބަދިގެއަކުން ކާން ހެދުމަށް އިގުރާރެއް!