ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ފެށި އިންސްޕެކްޝަނުގެ ތެރެއިން 25 ތަނެއް ބަންދުކޮށްފި އެވެ.
23 ސެޕްޓެމްބަރ 2025
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ފެށި އިންސްޕެކްޝަނުގެ ތެރެއިން 25 ތަނެއް ބަންދުކޮށްފި އެވެ.
ފުޑް އެންޑް ޑްރަގު އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ ވެސް ބައިވެރިވެގެން މާލޭ ސަރަހައްދުގައި އެ އިންސްޕެކްޝަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެއާ ހަމައަށް 25 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސާފުތާހިރުކަން ދަށްވެގެންނާއި ހުއްދަ ނުހޯދައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އިންސްޕެކްޝަނުގައި އެ ތަންތަން ބަންދުކޮށް ބޭރުގައި ނޯޓިސް ހަރުކޮށްފައިވެ އެވެ.
ސާފުތާރިހުކަން ކުޑަވެގެން ބަންދުކުރި ތަންތަނުގެ ތެރޭގައި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނާއި ހެދިކާ ކަހަލަ އެކި ކާއެއްޗެހި ވިއްކާ ފިހާރަތައް ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރުން ލާޒިމެވެ. އެކަމަކު ރަޖިސްޓްރީނުކޮށް ހިންގާ ބައެއް ތަންތަން ވެސް މި އިންސްޕެކްޝަނުގައި ފާހަގަވެގެން އެފަދަ ތަންތަން ވެސް ބަންދުކުރި އެވެ.
ފިހާރަތައް ބަންދުކޮށް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ހަރުކޮށްފައިވާ ނޯޓިސްގައި ވަނީ ރަޖިސްޓްރީނުކޮށް އެ ތަން ހިންގާތީ އެތަނުން އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށާއި އެހެންވެ އެ ތަނުން ދެމުންދާ ހިދުމަތް ހުއްޓާލަން އަންގާ ކަމަށެވެ.
މީގެ ކުރިން ވެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އެޗްޕީއޭ އާއި އެކި އިދާރާތަކުން ކޮށްފައިވެ އެވެ. އެ އިންސްޕެކްޝަންތަކުގައި ވެސް ކާބޯތަކެތީގެ ހިދުމަތްދޭ ބައެއް ތަންތަނުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަވުމުން ފިޔަވަޅު އަޅާފައިވެ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް
ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަނީ
ހުއްދަ ނުނަގާ ކާބޯތަކެތި އިޝްތިހާރުކުރުން މަނާކޮށްފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
މިއީ ސާފު ބަދިގެއަކުން ކާން ހެދުމަށް އިގުރާރެއް!
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ކާން ހެޔޮނުވާނެ، މުޑުދާރު ކަމުގެ އިންތިހާ!
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީގު ކުރައްވައިފި