ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރަކަށް ފާތިމަތު ދީމާ އަލީ ހަމަޖައްސައިފި އެވެ.
ދިރާގުގެ އާ ބްރޭންޑް އެމްބެސެޑަރަކަށް ފާތިމަތު ދީމާ އަލީ ހަމަޖައްސައިފި އެވެ.
އެމްބެސިޑާޝިޕް ދީމާއާ ހަވާލު ކުރީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން، ކޮމިއުނިކޭޝަންސް ޑިރެކްޓަރު، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދިމާ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އޭނާ އަކީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ދަރިއެއްގެ އިތުރުން، ބޮޑު ވަމުން އަންނަ އެތައް ކުދިންނެއް ނަމޫނާ ނަގަމުން އަންނަ ކުއްޖެއް ކަމަށެވެ.
ދެކުނު އޭޝިއާގެ މި އަހަރުގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ކާމިޔާބުކޮށް، އޮލިމްޕިކްސްއަށް ރާއްޖެ އިން ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަކީ ދީމާ އެވެ. އޭނާ ވާނީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ދިމާ ބުނީ، ދިރާގުގެ އެމްބެސެޑަޝިޕް ކަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ދިރާގުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އޭނާ އަދަރާކުރި އެވެ. ކުރިއަށް ތަނުގައިވެސް ކުޅިވަރުގައި ރާއްޖެ އާއި ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތައް ހާސިލު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ދިރާގުން ބްރޭންޑް އެމްބެސެޑަޝިޕް ޕްރޮގްރާމު ކުރިއަށް ގެންދާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. އެ މުއްދަތުގެ ތެރޭގައި މިއުޒިޝަން މަރްހޫމް އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ)، ސާފާ އިބްރާހިމް އަރީފާއި އަބްދުލް ގަފޫރު އަލީ (ގައްބެ) އާއި ދުވުންތެރިޔާ ހަސަން ސާއިދާއި ޒޫނާ ނަސީމް ފަދަ ބޭފުޅުން އެ ބްރޭންޑްގެ އެމްބެސެޑަރުކަން އަދާކުރި އެވެ.
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި
އާ އަހަރަށް ދިރާގު ޕޯސްޓްޕެއިޑަށް ޑަބަލް ޑޭޓާ