Roadha Mihaaru
ޔުއާން އާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

ބީއެމްއެލް އިން ދިރުހަމާއި ޔުއާން އިން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

28 މެއި 2024

ޔޫއޭއީގެ ފައިސާ ދިރުހަމާއި ޗައިނާގެ ފައިސާ ޔުއާން އިން މުއާމަލާތު ކުރެވޭ ގޮތް ހަދަން ރާއްޖޭގެ އެންމެ ބޮޑު ބޭންކު ބީއެމްއެލް އިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔޫއޭއީގެ ފައިސާ ދިރުހަމާއި ޗައިނާގެ ފައިސާ ޔުއާން އިން މުއާމަލާތު ކުރެވޭ ގޮތް ހަދަން ރާއްޖޭގެ އެންމެ ބޮޑު ބޭންކު ބީއެމްއެލް އިން ނިންމައިފި އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ކާލް ސްޓުމްކަ މިރޭ ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޔޫއޭއީގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުންނާ މުއާމަލާތް ކުރެވޭނެ ގޮތަށް ސިސްޓަމްތައް ކޮންފިގަރޭޓް ކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްގެ ބޯޑު މެންބަރުންނަށް ވޯޓު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބީއެމްއެލްގެ ބޯޑު މެންބަރުންނަށް ވޯޓު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އަޅުގަނޑުމެންނަށް މިހާރު ޔުއާން އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ޔުއާން އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތް ތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކާލް ސްޓުމްކަ ވިދާޅުވީ، ކުރިމަގުގައި ބޭންކުގެ ހިންގުން ހަރުދަނާ ކުރުމާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެންބަރުން --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެންބަރުން --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވީ، ޑިޖިޓަލައިޒޭޝަނަށް ހާއްސަ ސަމާލުކަމެއް ދީގެން، ދެމެހެއްޓެނެވި ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދޭން އާ ބަދަލުތައް ގެންނަން މަސައްކަތް ކުރާ ކަމަށެެވެ.

މިދިޔަ އަހަރު ބީއެމްއެލް އަށް ދެ ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި ވެ އެވެ.