Roadha Mihaaru
"ކާޑު ލިމިޓު ކަނޑާނުލެވެނީ ޑޮލަރު މައްސަލައާ ހެދި"

ކާޑު ލިމިޓު ކަނޑާނުލެވެނީ ޑޮލަރުގެ މައްސަލައާ ހެދި: ކާލް

21 ޑިސެމްބަރ 2023

އޮންލައިން ޓްރާންސެކްޝަންތަކުގައި ކާޑު ލިމިޓު އެއްކޮށް ކަނޑާނުލެވެނީ ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ކަމަށް ބޭންކް އޮފް މޯލްޑިވްސްފެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮންލައިން ޓްރާންސެކްޝަންތަކުގައި ކާޑު ލިމިޓު އެއްކޮށް ކަނޑާނުލެވެނީ ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ކަމަށް ބޭންކް އޮފް މޯލްޑިވްސްފެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ކްރެޑިޓް ކާޑު ލިމިޓެެއް ނެތި ބޭރުގެ މުއާމަލާތުތައް ހިންގޭނެ ގޮތެއް ފަހިކުރަން ބޭނުންވާ ކަމަށާއި އެކަމަކު މި ވަގުތު އެކަން އޮތީ ކުރެވޭނެ ކަހަލަ ގޮތަކަށް ކަމަށެވެ. އެ ކަން ހައްލުކޮށް، ލިމިޓަށް ބަދަލުތަކެއް ގެނެވޭތޯ މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު ބީއެމްއެލް އިން އަންނަނީ ބޭނުންކުރާ ލިމިޓު ރިވައިޒްކޮށް، އިތުރު ކުރަމުންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތުތައް ހިންގޭ ލިމިޓު އެ އަހަރު 750 ޑޮލަރަށް ބަދަލުކުރި އެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.

ބީއެމްއެލްގެ ކާޑަކުން އޮންލައިން ޓްރާންސެކްޝަނެއް ހަދަނީ -- ފޮޓޯ: މިހާރު

ބީއެމްއެލްގެ ކާޑަކުން އޮންލައިން ޓްރާންސެކްޝަނެއް ހަދަނީ -- ފޮޓޯ: މިހާރު

ކާލް ވިދާޅުވީ، ޓީޓީ އަށް ވުރެ މާ ބޮޑު އާމްދަނީއެއް ކްރެޑިޓް ކާޑުން އެ ބޭންކަށް ލިބޭ ކަމަށެވެ.

"ކަޅު ބާޒާރުގެ ރޭޓުގައި ޑޮލަރުގެ މުއާމަލާތުތައް ހިންގޭ ނަމަ ބޭންކްތަކަށް މިކަމުގައި ކުރެވޭނެ ކަމެއް ނެތް. މިސާލަކަށް 100 ޑޮލަރު މި ގަންނަނީ. އެހެންވިއްޔާ ވިއްކެން ވެސް ޖެހޭނީ 100 ޑޮލަރަށް ހަމަ. އެކަމަކު މި ވާގޮތަކީ 100 ޑޮލަރު ގަތީމަ 125 ޑޮލަރަށް އެބަ ވިއްކޭ،" އޭނާ ވިދާޅުވި އެވެ.

ކާލް ވިދާޅުވީ، ކާޑު ލިމިޓާ ގުޅޭ ގޮތުން ކޮންމެވެސް ބަދަލެއް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޑޮލަރުގެ ކަޅު ބާޒާރު ހުއްޓި، ރަސްމީކޮށް ޑޮލަރު ސިސްޓަމަށް ވަންނަން ފެށުމުން ނޫން ގޮތަކަށް އެކަން ކޮންޓްރޯލެއް ނުވާނެ،" ވިދާޅުވި އެވެ.

ކާލް ވިދާޅުވި ގޮތުގައި، މި މައްސަލައާ ހެދި، ކޮންމެވެސް ހިސާބަކުން މުޅި ނިޒާމު ހަމަޖެއްސުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ އެވެ.