22 ފެބުރުއަރީ 2017
މެންޗެސްޓާ (ފެބްރުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑުގައި އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެންޗެސްޓާ (ފެބްރުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑުގައި އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ރޫނީ ވަނީ ފާއިތުވި މަހު ޔުނައިޓެޑަށް 250 ލަނޑު ހަމަކޮށް އެ ޓީމުގެ ތާރީހުގައި އެންމެ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މި ސީޒަނުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ރޫނީ އަށް މަދުން ފުރުސަތު ލިބޭތީ އެ ކްލަބުގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.
ރޫނީ ހޯދުމަށް ޗައިނާގެ ކްލަބްތަކުން ވެސް ބޮޑު އަގު އަންނަނީ ހުށަހަޅަމުންނެވެ. ޗައިނާގެ ޓްރާންސްފާ މާކެޓް އަންނަ ހަފްތާގެ ނިޔަލަށް ހަމަވާއިރު، މޮރީނިއޯ ބުނީ ރޫނީ ޔުނައިޓެޑްގައި މަޑުކުރާނެ ކަމަށް ބުނަން ނޭނގޭ ކަމަށެވެ.
"ރޫނީ މި ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އަހަންނަކަށް ނުދެވޭނެ. އެއީ އޭނާ ގާތުގައި ކުރަން ޖެހޭނެ ސުވާލެއް. އަންނަ ސީޒަނުގައި އަހަރެން މި ކްލަބްގައި ހުންނާނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތްއިރު ކުޅުންތެރިޔެއްގެ ޔަގީންކަން ދިނުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ކަމަށް ނުދެކެން،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑާ އެކު ރޫނީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2019 ވަނަ އަހަރު އެވެ. ރޫނީ މީގެކުރިން ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތާ ހަމައަށް އެ ޓީމުން ފެންނާނެ ކަމަށާއި ބޭނުންވަނީ ކްލަބްގައި މަޑުކުރުމަށް ކަމަށެވެ.
މޮރީނިއޯ މިދިޔަ އޮކްޓޫބަރު މަހު ބުނީ ރޫނީ އަކީ އެ ކްލަބްގެ މުހިއްމު ކުޅުންތެރިޔެއް ކަމަށާއި އެ ފެންވަރުގެ ކުޅުންތެރިޔަކު ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށް ބުނެފަ އެވެ.
ރޫނީ ހޯދުމަށް ޗައިނާ ކްލަބްތަކުގެ އިތުރުން އެމެރިކާ ލީގުގެ ޓީމުތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރޫނީގެ ނިންމުމަކީ ޖަޒުބާތީ ނިންމުމެއް: މޮރީނިއޯ
"މިކިތާރްޔަން އާއި ރޫނީ ފެންވަރު ސާބިތުކޮށްދީފި"
"ރޫނީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުގެއްލޭ"
މޮރީނިއޯ ޔުނައިޓެޑާ ގުޅުމަކީ ލިބުނު އުފަލެއް: ރޫނީ
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ރޮނާލްޑޯ އާއި ރޫނީގެ ދަރިން ވެސް އެއް ޓީމަކަށް
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
2010 ގައި ބާސެލޯނާ އަށް ދާން ބޭނުންވި: ރޫނީ
ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ