ލަންޑަން (އޭޕްރީލް 23) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި އޭނާ ހޭދަ ކުރި ދެ އަހަރުގެ މުއްދަތުގައި ނުދޭ އެއްބާރުލުމާ އެހީ މިހާރުގެ ކޯޗު އެރިކް ޓެން ހަގަށް އެ ކްލަބުން ދީފައިވާކަމަށް، ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
23 އެޕްރީލް 2024
ލަންޑަން (އޭޕްރީލް 23) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި އޭނާ ހޭދަ ކުރި ދެ އަހަރުގެ މުއްދަތުގައި ނުދޭ އެއްބާރުލުމާ އެހީ މިހާރުގެ ކޯޗު އެރިކް ޓެން ހަގަށް އެ ކްލަބުން ދީފައިވާކަމަށް، ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
ޗެލްސީ އާއި އިންޓަ މިލާން އަދި ރެއާލް މެޑްރިޑްގައި ކާމިޔާބު ހޯދި ޕޯޗުގަލްގެ ކޯޗު ވަނީ 2016 އިން 2018 އަށް ޔުނައިޓެޑްގެ ކޯޗުކަން ކޮށްފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޗެރިޓީ ޝީލްޑާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައި ދިނެވެ.
އަޔެކްސްގައި ކުރިން ކާމިޔާބު ހޯދި ޓެން ހަގް، ޔުނައިޓެޑްގައި ހޭދަކުރާތާ މިހާރު ދެ އަހަރު ވަނީ އެވެ. ޓެލެގްރާފަށް ދިން އިންޓަވިއުގައި މޮރީނިއޯ ބުނީ އޭނާގެ ދެ އަހަރުގެ މުއްދަތުގައި، މިހާރު ޓެންހަގަށް ދިން ވަރުގެ އެއްބާރުލުމެއް އޭނާ އަށް ދިންނަމަ ނަތީޖާ އެއަށްވުރެ ރަނގަޅު ވާނެ ކަމަށެވެ.
މޮރީނިއޯ ބުނީ، ޔުނައިޓެޑްގެ އޭރުގެ ޗީފް އެގްޒެކެޓިވް، އެޑްވުޑްވާޑަކީ ފުޓްބޯޅައިގެ ބެކްގްރައުންޑް ނެތް މީހަކަށް ވުމުން، ޔުނައިޓެޑްގައި މަސައްކަތް ކުރަން އުނދަގޫވި ކަމަށެވެ. ނަމަވެސް އޭނާ އާއި ވުޑްވާޑާ ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް މޮރީނިއޯ ބުންޏެވެ.
"ވަރަށް ގާތް ގުޅުމެއް އަހަރެމެންގެ މެދުގައި އޮވޭ. މިހާރު ވެސް އެ ގާތްކަން އޮވޭ. މިހާރު ވެސް އަހަރެމެން އެކަކު އަނެކަކަށް އެސްއެމްއެސްކޮށް ހަދަން،" އެޑްވުޑްވާޑާ އޮންނަ ގުޅުމާ ބެހޭ ގޮތުން މޮރީނިއޯ ވާހަކަ ދެއްކި އެވެ.
"އެކަމަކު ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަންޏާ އެ ގުޅުން އެހާ ރަނގަޅެއް ނޫން. އަހަންނަކީ ފުޓްބޯޅައިގެ މީހެއް. އެޑް [ވުޑްވާޑް] އަކީ މުޅިން އެހެން ބެކްގްރައުންޑެއްގެ މީހެއް. އަދި މިހާރު ޓެންހަގަށް އެ ލިބޭ އެއްބާރުލުން އަހަންނަށް ޔުނައިޓެޑްގައި ނުލިބުނު.
"އެވަރުގެ އެއްބާރުލުމެއް އަހަންނަކަށް ނުލިބުނު. އެވަރުގެ އިތުބާރެއް ވެސް އަހަންނަކަށް ނެތް. އެހެންވީމަ އަހަރެން ވަރަށް ދެރަވި. އަހަންނަށް ވިސްނުނު އަހަރެން [އެ ކްލަބްގައި] ހުރި މުއްދަތަކީ ކަންތައްތަކެއްގެ ފެށުމޭ. އަހަންނަށް އިހްސާސް ކުރެވޭ އެ މީހުން އަހަންނަށް އިތުބާރުކޮށްފަ އަހަރެންގެ ތަޖުރިބާ ގަބޫލުކުރިނަމަ ނަތީޖާ ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް."
ޔުނައިޓެޑްގެ ކޯޗުކަމުން ޑިސެމްބަރު 2018 ގައި މޮރީނިއޯ ވަކިކުރި އިރު ޗެމްޕިއަންސް ލީގުގެ ޖާގައާ އެ ކްލަބާ ދެމެދު 11 ޕޮއިންޓް ހުއްޓެވެ.
ލެސްޓާ ހުރިހާ ގޮތަކުން ވެސް އުނދަގޫ: މޮރީނިއޯ
މޮރީނިއޯގެ ތައުރީފް މިކިތާރްޔަން އަށް
މޮރީނިއޯ ޔުނައިޓެޑާ ގުޅުމަކީ ލިބުނު އުފަލެއް: ރޫނީ
ޔުނައިޓެޑަށް ކޯޗުކޮށްދިނުމަކީ ހާއްސަ ޝަރަފެއް: މޮރީނިއޯ
ޔުނައިޓެޑްގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު