Roadha Mihaaru
މިލިއަން ޑޮލަރުގެ ޕްރޮޑިއުސަރު ރަޑީ މަރުވެއްޖެ

މިލިއަން ޑޮލަރުގެ ޕްރޮޑިއުސަރު ރަޑީ މަރުވެއްޖެ

03 ޖޫން 2024

ހޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު އަލްބާޓް އެސް ރަޑީ އުމުރުން 94 އަހަރުގައި މަރުވެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު އަލްބާޓް އެސް ރަޑީ އުމުރުން 94 އަހަރުގައި މަރުވެއްޖެ އެވެ.

ފިލްމު "ގޯޑް ފަދާ" އަދި "މިލިއަން ޑޮލާ" އިން އޮސްކާ އެވޯޑް ލިބުނު އަލްބާޓަކީ ގިނަދުވަސްތަކެއް ވަންދެން ދެއްކި ސީބީއެސްގެ ޕޮލިސް ޑްރާމާ "ވޯލްކާ" އަދި "ޓެކްސެސް ރޭންޖާ"ގެ ޕްރޮޑިއުސަރެވެ. އަދި އޭނާ އަށް ވަނީ އެ ދެ ޑްރާމާ އުފެއްދި ކަމުގެ ކްރެޑިޓް ލިބިފަ އެވެ.

އޭނާގެ އާއިލާ އިން އިއުލާން ކުރި ގޮތުގައި ރަޑީ މަރުވީ ލޮސް އެންޖެލިސްގެ ޔޫސީއެލްއޭ މެޑިކަލް ސެންޓަރުގައި ބައްޔަކަށް ފަރުވާދެމުން ދަނިކޮށެވެ.

އާއިލާ އިން ބުނާގޮތުގައި އޭނާ އަކީ 1964 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ބޭޑް ގާލް"ގެ ވެސް ޕްރޮޑިއުސަރެވެ. އެއީ ވެސްޓާން ފިލްމަކުން އަންހެން ކުދިންތަކެއް ލީޑަށް ލައިގެން ކުޅުނު ފުރަތަމަ ފިލްމެވެ.

އޭގެ އިތުރުން 1994 ވަނަ އަހަރު ރިލީޒް ކުރި ބޭސްބޯލް ކޮމެޑީ ފިލްމު "ދަ ސްކައުޓް"، އަދި 1978 ވަނަ އަހަރު ނެރުނު ފޮތް "މަޓިލްޑާ" ލިޔެފައި ވަނީ ވެސް ރަޑީ އެވެ.

ރަޑީ އުފެއްދި ފިލްމުތަކުގެ ތެރޭގައި "ޑެތު ހަންޓް- 1981"، "މެގަފޯސް- 1982"، "ލެސިސްޓާ- 1984"، "ލޭޑީބަގްސް- 1992"، "ޕްރިޒަނާ- 1996"، "މީން މެޝިން- 2001"، "ކަމީލް- 2008"، "ސަބޮޓޭޖް- 2014" އަދި "ކްރައި މާކޯ- 2021" ހިމެނެ އެވެ.

އާއިލާ އިން ބުނިގޮތުގައި އޭނާގެ އެންމެ ފަހު ބަހަކީ "ދަ ގޭމް އިޒް އޯވާ، ބަޓް ވީ ވޮން ދަ ގޭމް" ކަމަށް ހޮލީވުޑް ރިޕޯޓުތަކުން ބުނެ އެވެ.