އެމެރިކާގެ ލޮސް އެންޖެލިސްގެ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މި އަހަރުގެ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކުރުން ފަސްކޮށްފި އެވެ.
އެމެރިކާގެ ލޮސް އެންޖެލިސްގެ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން މި އަހަރުގެ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކުރުން ފަސްކޮށްފި އެވެ.
މިއީ ނޮމިނޭޝަންތައް އިއުލާންކުރުން ފަސްކުރި ދެވަނަ ފަހަރެވެ.
މި އަހަރުގެ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކުރާ ގޮތަށް އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ މި މަހު 17 ގަ އެވެ. ނަމަވެސް، އެ އެވޯޑުގެ ޖޫރީއަށް ވޯޓުލުމަށް އިތުރު ދެ ދުވަސް ދިނުމުގެ ގޮތުން ނޮމިނޭޝަންތައް އިއުލާންކުރުން މި މަހު 19 އަށް ފަސްކުރީ އެވެ.
އޮސްކާ އެވޯޑު ބާއްވާ އެކެޑަމީން މިހާރު ވަނީ އަނެއްކާ ވެސް އެ ތާރީހު ފަސްކޮށްފަ އެވެ.
ނޮމިނޭޝަންތައް އިއުލާންކުރުން މިފަހަރު ފަސްކުރީ އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ހޮލީވުޑްގެ އެތައް ސެލެބްރިޓީންނެއްގެ ގޭގެ އަނދައިގެން ދިއުމާއި އެ ހާދިސާގައި ލިބެމުންދާ ގެއްލުންތައް ބޮޑުވުމުގެ ސަބަބުން ކަމަށް އެކެޑަމީން ބުންޏެވެ.
އޮސްކާގެ ނޮމިނޭޝަންތައް އިއުލާންކުރާ ތާރީހެއް ކަމަށް މިހާރު ކަނޑައަޅާފައި ވަނީ މި މަހު 23 އެވެ.
މި އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ އަންނަ މާޗު މަހުގެ ތިންވަނަ ދުވަހު ނިއު ޔޯކުގަ އެވެ. މިއީ މި އެވޯޑު ބާއްވާ 97 ވަނަ އަހަރެވެ.
މިހާރު ވެސް ލޮސް އެންޖެލިސްގެ އެކި ހިސާބުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 24 މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 12،000 އަށް ވުރެ ގިނަ އިމާރާތް އަލިފާނުގައި އަޅިއަށް ވެފައި ވާއިރު، 105،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފަ އެވެ.
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
އޮސްކާ: މޮޅު ފިލްމަކީ "ނޯމެޑްލޭންޑް"
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
އެލްއޭގައި ރޯވި ހިސާބަށް ވާރެޔާ އެކު ކިސަޑު ފައިބައިފި
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް
އެލްއޭގައި އިތުރު އަލިފާންގަނޑުތަކެއް، ބާރަށް ފެތުރެނީ
އެލްއޭ އަލިފާން: މަރުވި އަދަދު 25 އަށް އަރައިފި
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
އެލްއޭގެ އަލިފާން އެހެން ހިސާބުތަކަށް ފެތުރިދާނެ!
އަލިފާން ނިއްވާނެ ގޮތެއް ނެތް، ޒިންމާވާނެ މީހަކު ނެތް