މި މަހު 15 ގައި ފަށަން އެފްއޭއެމުން އިއުލާން ކޮށްފައިވާ، ފުޓްބޯޅަ ސީޒަނަށް އޭއެފްސީ ކްލަބް ލައިސެންސަށް ޝަރުތު ހަމަވެ، ލައިސެންސް ލިބުނީ މާޒިޔާ އަށް އެކަނި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
02 ޖޫން 2024
މި މަހު 15 ގައި ފަށަން އެފްއޭއެމުން އިއުލާން ކޮށްފައިވާ، ފުޓްބޯޅަ ސީޒަނަށް އޭއެފްސީ ކްލަބް ލައިސެންސަށް ޝަރުތު ހަމަވެ، ލައިސެންސް ލިބުނީ މާޒިޔާ އަށް އެކަނި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެފްއޭއެމުން 2019 ގައި ކަނޑައެޅި އުސޫލުގައި ވާގޮތުން އެ އަހަރުން ފެށިގެން ރާއްޖޭގެ މައި ލީގުގައި ކުޅެވޭނީ އޭއެފްސީ ކްލަބް ލައިސެންސް ފުރިހަމަ ކުރާ ކްލަބްތަކަށެވެ. ލައިސެންސް ފުރިހަމަ ނުކުރާނަމަ. މުބާރާތުގައި ނުކުޅެވޭނެ ކަމަށް ވެސް އޭރު އެފްއޭއެމުން ބުންޏެވެ.
އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ވާދަ ކުރާނެ އެވެ. އެކަމަކު ކްލަބް ލައިސެންސް ފުރިހަމަ ކުރީ މާޒިޔާއިން އެކަންޏެވެ.
މި މަހު ސީޒަން ފަށަން ކުޑަތަން ވެފައި އޮތަސް މިހާތަނަށް އެއްވެސް ޓީމަކުން ތަމްރީނުތައް ނުފަށަ އެވެ. ދޫރާލައި ސީޒަނަށް ތައްޔާރުވާން ފަށާ މާޒިޔާއިން އަދި ކުރިއަށް އޮތް ސީޒަނަށް ޕްރީ ސީޒަން ތަމްރީނުތައް ނުފަށަ އެވެ.
އެ ޓީމަށް އަދި ކޯޗަކު ވެސް ހަމަނުޖައްސަ އެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން އެ ޓީމާ ހަވާލުވި ސާބިއާގެ ކޯޗު މިލޯމިރް ސެސިލިއާ ވަނީ ސީޒަން ފަހު މަގާމު ދޫކޮށްލައިފަ އެވެ.
ބައެއް އެހެން ޓީމުތަކުގައި އަދި ސްކޮޑެއް ވެސް ނެތެވެ. ގްރީން ސްޓްރީޓް އޮތީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ޓްރާންސްފާގެ ބޭން ކުރިމަތިކޮށްފަ އެވެ. ވެލެންސިއާގެ ކޮންޓްރޯލް އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕަށް ގެއްލުމުން، އެކްސްކޯގެ މަގާމުތަކަށް މެންބަރުން އައްޔަން ކުރި ގޮތުގެ މައްސަލަ އަޅުވައި އެ ކްލަބް އޮތީ ސަސްޕެންޑްކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓް ވި، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އެއްވެސް ހަރަކާތެއް ނެތެވެ. މިދިޔަ ސީޒަނުގައި މާޒިޔާއާ އެންމެ ގާތުން ވާދަ ކުރި ކްލަބް އީގަލްސް އަށް އޮތީ ފައިސާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ދިވެހި ޕްރިމިއާ ލީގު ފަށާނީ ރޯދައިގެ ފަހުން؟
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މިކަހަލަ ހާލަތެއް ކުރިންދިމާނުވޭ: ޑުކަނޮވިޗް
މާލީ ތަފުސީލު ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވީ މާޒިޔާއިން
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
އެފްއޭއެމުން ވަކިވި ޝާފިއު އާއި މުއާވިޔަތަށް ފާޑުކިޔަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ