Roadha Mihaaru
މުޅި ސެޓުގައި ޖާންވީ އުޅުނީ ޖިމް އެއްޗެހި ހިފައިގެން

މުޅި ސެޓުގައި ޖާންވީ އުޅުނީ ޖިމް އެއްޗިެހި ހިފައިގެން: ރާޖްކުމާރް ރާއޯ

04 ޖޫން 2024

ބޮލީވުޑް ތަރި ޖާންވީ ކަޕޫރު ފިލްމު "މިސްޓަ އެން މިސިސް މާހީ"ގެ މުޅި ސެޓުގައި ވެސް އުޅުނީ އޭނާގެ ވޯލް ޕިލާޓޭ ޖިމް އިންސްޓްރޫމެންޓްތައް ހިފައިގެން ކަމަށް އެކްޓަަރު ރާޖްކުމާރް ރާއޯ ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑް ތަރި ޖާންވީ ކަޕޫރު ފިލްމު "މިސްޓަ އެން މިސިސް މާހީ"ގެ މުޅި ސެޓުގައި ވެސް އުޅުނީ އޭނާގެ ވޯލް ޕިލާޓޭ ޖިމް އިންސްޓްރޫމެންޓްތައް ހިފައިގެން ކަމަށް އެކްޓަަރު ރާޖްކުމާރް ރާއޯ ބުނެފި އެވެ.

ރާޖްކުމާރް ރާއޯ މިހެން ބުނީ އެ މީހުންގެ ފިލްމު "މިސްޓަ އެން މިސިސް މާހީ"ގެ ޕްރޮމޯޝަނަލް އިވެންޓަކަށް "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރްމާ ޝޯ"ގައި ކަޕިލް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މި ފިލްމަކީ މި ދެ މީހުންގެ ފިލްމު "ރޫހީ" އަށް ފަހު، އެކުގައި ފެންނާނެ ދެވަނަ ފިލްމެވެ.

ސެޓަށް ދާއިރު ރާޖްކުމާރް ރާއޯ އަބަދުވެސް ގެންދަނީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން، ޖާންވީ ބުނީ އޭނާ ގެންދަނީ ރައިސް ކުކަރެއް ކަމަށެވެ. އަދި އެ ޖަވާބަށް އިތުރު ތަފްސީލެއް ދެމުން ރާޖްކުމާރް ބުނީ އެއީ އޭނާގެ ޑައިޓަށް ފޮލޯ ކުރުމުގެ ގޮތުން ކަމަށެވެ.

ޖާންވީ ގެންދަނީ އޭނާ ޖިމްގައި ބޭނުންކުރާ ސާމާނު ކަމަށް ވެސް ރާޖްކުމާރް ބުންޏެވެ. އަދި ސެޓުގައި ޖާންވީ އަށް ކޮންމެކޮންމެ ކާ އެއްޗެއް ދިނުމުން އޭނާ އެކަމާ ހިތްހަމަނުޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާޖްކުމާރް ރާއޯ އާއި ޖާންވީ ކަޕޫރުގެ ފިލްމް "މިސް އެން މިސިސް މާހީ" ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. މިއަދާ ހަމަ އަށް 45 ކްރޯޑް ފިލްމަށް ލިބިފައި ވެއެވެ.