Roadha Mihaaru
ޖާންވީ ކުޑައިރު އުޅުނު ގެއަށް ދިއުމަށް ދައުވަތު

ޖާންވީ ކުޑައިރު އުޅުނު ގެއަށް ދިއުމަށް ދައުވަތު

07 މެއި 2024

ބޮލީވުޑް އެކްޓްރެސް ޖާންވީ ކަޕޫރްގެ އާއިލީ ގެއަށް ދިއުމަށް ފުރަތަމަ ފަހަރަށް އާންމުންނަށް ދައުވަތު ދީފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑް އެކްޓްރެސް ޖާންވީ ކަޕޫރްގެ އާއިލީ ގެއަށް ދިއުމަށް ފުރަތަމަ ފަހަރަށް އާންމުންނަށް ދައުވަތު ދީފި އެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ އެ ގެއަކީ ޖާންވީ ކުޑައިރު އުޅެބޮޑުވި ތަނެވެ. އެ ގެއަކީ ޖާންވީގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ގަތް ގެއެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ގެ ވަނީ އެއާބީއެންބީގައި ދުވަހު ކުއްޔަށް ދޭ ގޮތަށް އިޝްތިހާރުކޮށްފަ އެވެ.

ޖާންވީ އާއި އޭނާގެ މަންމަ ސްރީދޭވީގެ ހަނދާންތައް ވަނީ އެ ގޭތެރޭގަ އެވެ. އެ ގެއަކީ ޖާންވީއަށް އޭނާގެ މަންމަގެ ހަނދާންތައް އާކޮށްދޭނެ ތަނެކެވެ.

އެ ގޭގެ އެއް ފާރު އެއްކޮށް ހުރީ ޖާންވީ އޭނާގެ އާއިލާއާ އެކު ނަގާފައިވާ ފޮޓޯތަކުން ފުރާލައިފައި ކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ.

ޖާންވީ ވޯގް މެގަޒިން އަށް 2022 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެ ގެއަކީ ސްރީދޭވީ އެންމެ ފުރަތަމަ ގަނެފައިވާ ގެ އެވެ. އަދި މީގެ ކުރިން ދުވަހަކު ވެސް އެ ގެއަށް ދިއުމަށް އެއްވެސް މެހުމާނަކަށް ދައުވަތު ދީފައެއް ނުވެ އެވެ.

ނަމަވެސް މުޅި ގެ އެއްކޮށް މަރާމާތުކުރުމަށް ފަހު، ޖާންވީ ބައްޕަ ބޮނީ ކަޕޫރް ވަނީ ޖާންވީއަށް އޭނާގެ ރައްޓެހިން ގެންދިއުމުގެ ހުއްދަ ދީފަ އެވެ.

ޖާންވީގެ މަންމަ ސްރިދޭވީ މަރުވެފައި އޮއްވައި ފެނުނީ، 2018 ވަނަ އަހަރު ފެބްރުއަރީ 22ގައި ދުބާއީގައި ހުންނަ ޖުމެއިރާ އެމިރޭޓްސް ހޮޓެލް ޓޮވަރުގެ ރޫމެއްގެ ބާތުޓަބެއްގެ ތެރޭގައި އޮއްވަ އެވެ.

ޖާންވީ ދެން އެންމެ އަވަހަށް ފެންނާނީ މި މަހު 31 ގައި ރިލީޒް ކުރާ ފިލްމު "މިސްޓަ އެން މިސިސް މާހީ" އިންނެވެ.