03 ޖޫން 2024
އިސްތަންބޫލް (ޖޫން 2) – ތުރުކީގެ އެންމެ ކާމިޔާބު އެއް ކްލަބް، ފެނަބާޗޭގެ ކޯޗުގެ މަގާމަށް، ޕޯޗުގަލްގެ ހޯޒޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.
އިސްތަންބޫލް (ޖޫން 2) – ތުރުކީގެ އެންމެ ކާމިޔާބު އެއް ކްލަބް، ފެނަބާޗޭގެ ކޯޗުގެ މަގާމަށް، ޕޯޗުގަލްގެ ހޯޒޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.
ފެނަބާޗޭގެ ސުކްރޫ ސަރަކޮގްލޫ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މޮރީނިއޯގެ ސޮއިކުރުމުގެ ރަސްމިއްޔާތަށް އެ ކްލަބްގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޖަމާވެ، އާ ކޯޗަށް މަރުހަބާ ކިޔައިފަ އެވެ.
"އާއްމު އުސޫލެއްގެ ގޮތުން ކޯޗުންނަށް ލޯބި ލިބެނީ ކާމިޔާބީތަކަކަށް ފަހު. އެކަމަކު މިތާނގައި އަހަރެންނަށް ކާމިޔާބީތަކެއް ހޯދިފައި ނެތަސް މި ލިބެނީ އާދަޔާ ހިލާފު ލޯތްބެއް،" ސަޕޯޓަރުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން ބޭނުން ކަން ހާމަ ކުރަމުން ޗެލްސީ އިންޓަ މިލާން އަދި ރެއާލް މެޑްރިޑްގައި ވެސް ކާމިޔާބު ހޯދާފައިވާ ކޯޗު ބުންޏެވެ.
"އަހަރެންނަށް ބޮޑު ޒިންމާއަކާ ހަވާލު ވެވިއްޖެ ކަމުގެ އިހުސާސް ކުރެވެނީ. މި ވަގުތުން ފެށިގެން އަހަރެންނަކީ މި އާއިލާގެ ހިއްސާއެއް ކަމަށް ވައުދުވަން. މި ކުލަބުގެ ޖޯޒީއަކީ އަހަރެންގެ ގައިގެ ހަންގަނޑު."
ނިމިދިޔަ ސީޒަންގައި ފެނަބާޗޭއަށް ކޯޗު ކޮށްދިނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އިސްމާއިލް ކާޓަލް އެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނާ އަށް މާ ގިނަ ކާމިޔާބެއް ހޯދިފައި ނުވެ އެވެ. މިދިޔަ ސީޒަންގައި ލީގު އެންމެ މެޗަކުން ބަލިވި ނަމަވެސް 99 ޕޮއިންޓާ އެކު ލީގު ނިންމާލަން ޖެހުނީ ދެވަނައިގަ އެވެ.
މޮރީނިއޯ އެންމެ ފަހުން ކޯޗު ކޮށްދިނީ އިޓަލީގެ ރޯމާ އަށެވެ. ދެ އަހަރާ ބައިގެ މުއްދަތަކަށް ފަހު އޭނާ މަގާމުން ވަކިކުރީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. މޮރީނިއޯ ފެނަބާޗޭއާ ހަވާލުވީ ކިހާ މުއްދަތަކަށް ކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އިންޓަ މިލަނަށް 2010 ގައި އިޓަލީގެ ޑޮމެސްޓިކް ދެ ތައްޓާއި ޗެމްޕިއަންސް ލީގު ވެސް ހޯދައި ދިން މޮރީނިއޯ އަކީ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ ތިން ފަންތީގެ މުބާރާތް ވެސް މިހާތަނަށް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ކޯޗެވެ. ޕޯޓޯ އާއި އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ޔޫރޮޕާ ލީގު ނެގީ މެންޗެސްޓާ ޔުނައިޓެޑާ އެކު އެވެ. އަދި ރޯމާ އާއެކު ވަނީ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފަ އެވެ.
ތުރުކީ ރެފްރީން ކުށްވެރި ކުރުމުން މޮރީނިއޯ އަށް އަދަބު
މޮރީނިއޯ ދެން ފެންނާނީ އިނގިރޭސި އާދައިގެ ކްލަބަކުން؟
ޓީމު ބަލިވުމުން މޮރީނިއޯ ޕްރެސް ކޮންފަރެންސަށް ނުދިޔަ
ތުރުކީ ލީގުގައި ތިބީ ވަރަށް ފީކަޅާ ރެފްރީން: މޮރީނިއޯ
މޮރީނިއޯގެ ފެނަބާޗޭ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވި
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
ތުރުކީގެ ލީގުން ވަކިވާން ފެނަބާޗޭއިން ވޯޓެއް ނަގަނީ
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ