ކޮލަމްބޯ (ފެބްރުއަރީ 22) - ސްރީ ލަންކާގައި 2009 ވަނަ އަހަރު މަރާލި މަޝްހޫރު އެޑިޓަރު ލަސަންތާ ވިކްރަމަތުންގާގެ މަރުގެ ތުހުމަތާ ގުޅިގެން ސިފައިން އިންޓަލިޖެންސް ފަސް އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
22 ފެބުރުއަރީ 2017
ކޮލަމްބޯ (ފެބްރުއަރީ 22) - ސްރީ ލަންކާގައި 2009 ވަނަ އަހަރު މަރާލި މަޝްހޫރު އެޑިޓަރު ލަސަންތާ ވިކްރަމަތުންގާގެ މަރުގެ ތުހުމަތާ ގުޅިގެން ސިފައިން އިންޓަލިޖެންސް ފަސް އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
ސަންޑޭ ލީޑާ ނޫޙުގެ ރިޕޯޓް ލަސަންތާ އަކީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކީ ފަރާތެކެވެ. މި ގޮތުން ރާޖަޕަކްސާގެ ކޮއްކޮ އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރިޝްވަތު ނަންގަވާ ކަމަށް އޭނާ ދިޔައީ ބުނަމުންނެވެ. އަދި އޭނާ މަރާލި އިރު ވަނީ މި ތުހުމަތުގައި ހެކި ބަސް ދިނުމަށް ކޯޓަށް ދާން ހަމަޖެހިފަ އެވެ.
ލަންކާގެ ގޫނީ ބައެއް ފަރާތްތަކުން ބުނީ ސިފައިންގެ ފަސް މީހުން އެންމެ ފުރަތަމަ ހައްޔަރު ކުރީ މެއި، 2008 ގައި ވަގަށް ނެގި ނޫސްވެރިޔާ ކެއިތު ނޮޔާހުގެ މައްސަލައިގައި ކަމަށެވެ. އޭނާ އަކީ ލަންކާ ސިފައިންގެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިއެކެވެ.
ލަންކާގައި މަރާލި ރިޕޯޓަރު ލަސަންތާގެ ޖަނާޒާ ބާއްވަނީ.
"ތަހުގީގުކުރާ ފަރާތްތަކަށް ވަނީ ނޯޔާ ވަގަށް ނެގުމުގައި ބައިވެރިވި މީހުން ލަސަންތާ މަރާލުމުގައި ވެސް ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި،" ގާނޫނީ ފަރާތްތަކުން އޭއެފްޕީ އަށް ބުނެފައިވެ އެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ކޯޓުގައި ބުނެފައި ވަނީ ސިފައިންގެ ފަސް މީހުން ވަނީ ސިފައިންގެ ބާރުގަދަ މީހެއްގެ އަމުރުގެ ދަށުން މީހުން މަރާ ސްކޮޑެއްގައި ހަރަކާތްތެރިވެފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިފައިންގެ ސީނިއާ މީހުން ހައްޔަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ވަނީ 17 ނޫސްވެރިންނާއި މީޑިއާ މީހުން މަރާލައިފަ އެވެ. ނަމަވެސް ރާޖަޕަކްސާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ދެކޮޅު ހައްދަވަ އެވެ.
ލަސަންތާ ވަނީ ޖެނުއަރީ 2009 ގައި ލިޔުނު އެޑިޓޯރިއަލްއެއްގައި ސަރުކާރުން އޭނާ މަރާލާނެ ކަމަށް ބެލެވޭ ކަމަށާ އަދި މަރުގެ ތަހުގީގު ވެސް ނުކުރާނެ ކަމަށް ލިޔެފަ އެވެ. އޭގެ ތިން ދުވަސް ފަހުން އޭނާ ވަނީ މަރާލައިފަ އެވެ. ކޮލަމްބޯގައި އޭނާ ގަޔަށް ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދިވެސް ނޭނގެ އެވެ. ލަސަންތާ މަރާލީ ލަންކާގައި ނޫސްވެރިންނަށް ފިއްތުންތައް ވަރަށް ބޮޑަށް ކުރިމަތިކޮށްފައިވާ ދުވަސްވަރެއްގަ އެވެ.
ކޯޓު އަމުރަށް ފަހު ލަސަންތާގެ މަހާނަ ކައިރީ ފޯރިމަރަން ވަނީ ފަށާފައި: ލަސަންތާގެ މަރުގެ ތަހުގީގުގެ އާ ތަހުގީގެއް ފަށަން އޭނާގެ ގަބުރު ކޮނެގެން ވަނީ ނަގާފައި.
ސަންޑޭ ލީޑަރު ނޫހުން ވަނީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލަންކާ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެފަ އެވެ.
ލަންކާގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރާޖަޕަކްސާގެ މައްޗަށް ކުރި ހޯއްދެވި މައިތުރިޕާލާ ސިރިސޭނާ ވަނީ މީޑިއާގެ މިނިވަންކަން ހޯއްދަވައި ދެއްވާ ލަސަންތާގެ މަރުގެ އާ ތަހުގީގެއް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަސަންތާގެ މަރާ ގުޅިގެން މިދިޔަ ޖުލައި މަހު ވެސް ވަނީ ސިފައިންގެ އިންޓަލިޖެންސް އޮފިސަރެއް ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު ލަންކާގެ ފަނޑިޔާރަކު ވަނީ ލަސަންތާގެ ގަބުރު ކޮނެގެން ނަގާ އާ ތަހުގީގެއް ފެށުމަށް ހުއްދަ ދީފަ އެވެ. އެއީ ލަސަންތާގެ އޮޓޮޕްސީ ރިޕޯޓުގައި ފުށުއަރާ ކަންތައްތައް ހުރުމުންނެވެ.
ލަންކާގެ ގޭންގް ލީޑަރަކު ކޯޓުތެރޭގައި މަރާލައިފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިން ނުހޯދުނު
ކުއްޖާ މަރާލިކަމުގެ ތުހުމަތަށް މަންމަ ބަންދުކޮށްފި
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ގޮތަބަޔާ ރާއްޖޭގައި މަޑެއް ނުކުރާނެ: ބޭރުގެ މީޑިއާ