Roadha Mihaaru
އެވެންޖާސް 5 ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި

އެވެންޖާސްގެ ފަސްވަނަ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި

07 ޖޫން 2024

މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ފިލްމު ސީރީޒް "ދަ އެވެންޖާސް"ގެ ފަސްވަނަ ފިލްމު ރިލީޒްކުރާނެ ތާރީހާއި އަދި ފިލްމުގެ ކާސްޓު އިއުލާންކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ފިލްމު ސީރީޒް "ދަ އެވެންޖާސް"ގެ ފަސްވަނަ ފިލްމު ރިލީޒްކުރާނެ ތާރީހާއި އަދި ފިލްމުގެ ކާސްޓު އިއުލާންކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ދަ އެވެންޖާސް 5" އިން މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ 60 ކެރެކްޓަރު ފެންނާނެ އެވެ.

ނަމަވެސް މި ފިލްމުގެ ހާއްސަ ކެރެކްޓާތަކުގެ ތެރޭގައި ހިމެނޭ މާކް ރަފަލޯ، ކްރިސް ހެމްސްވޯތު، ބެނެޑިކްޓް ކަމްބާބެޗް އަދި ޓޮމް ހިޑްލްސްޓޯން ކަހަލަ އެކްޓަރުން ފިލްމުން ފެންނާނެ ކަމުގެ ޔަގީން ކަމެއް ލިބިފައި ނެތް ކަމަށް ރިޕޯޓްތައް ބުންޏެވެ.

ކުރިން މި ފިލްމުގެ ޓައިޓަލްގެ ގޮތުގައި ކަނޑައެޅި "އެވެންޖާސް: ދަ ކޭންގް ޑައިނާސިޓީ" މިހާރު ވަނީ ނަމުން އުނިކޮށްފަ އެވެ.

މި ފިލްމު ރިލީޒުކުރާ ގޮތަށް ނިންމާފައި ވަނީ 2026 ވަނަ އަހަރު މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

މިއީ އެމްސީޔޫގެ ހަވަނަ ފޭސްގެ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމު ފެށޭނީ "ފެންޓާސްޓިކް ފޯ"ގެ މަންޒަރަކުން ކަމަށް މާވެލް ސްޓޫޑިއޯގެ ވެރިޔާ ކެވިން ފީޖް ވަނީ ބުނެފަ އެވެ.