Roadha Mihaaru
މޯދީ ހުވާކުރެއްވުމުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

09 ޖޫން 2024

އިންޑިއާގެ އާންމު އިންތިހާބުން ކުރި ލިބުނު ނަރެންދުރަ މޯދީ ކޯލިޝަން ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައި މިއަދު ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި މި ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް މިރޭ ބޭއްވި ބެންކުއެޓްގައި ރާއްޖޭގެ ރައީސް މުއިއްޒު، ބޮޑުވަޒީރު މޯދީއާ އެކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއިރު ހުވާ ކުރެއްވުމަށް ފަހު މޯދީ ވަނީ ރަސްމިއްޔާތަށް ވަޑައިގެންނެވި އަވަށްޓެރި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި، އެކުގައި ފޮޓޯފުޅެއް ނަންގަވައިފަ އެވެ.

މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި މި ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސްވެރިންނަށް މޯދީ ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މި ރަސްމިއްޔާތަށް ވަޑައިގެންނެވީ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ އެކު، ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ތިން ދައުރަކަށް ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އަވަށްޓެރި އެހެން ބައެއް ގައުމުތަކުގެ ވެރިން.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ. މޯދީ ތިން ވަނަ ދައުރަކަށް ހޮވުމާ ގުޅިގެން ބޮޑުވަޒީރު މޯދީ އާއި ރައީސް ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަން ދެއްވީ އެ ގުޅުން ވަރުގަދަ ކުރުމާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ވެފައިވާ ކަމުގެ މައްޗަށެވެ.

މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް މުއިއްޒުގެ އިތުރުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގުނޯތާއި ނޭޕާލުގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަލާލު އަދި ބޫޓާނުގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.