11 ޖޫން 2024
މެޑްރިޑް (ޖޫން 11) – ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވުމާ މެދު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް، އެ ކްލަބުން ގޮތް ނިންމައިފި އެވެ.
މެޑްރިޑް (ޖޫން 11) – ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވުމާ މެދު ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް، އެ ކްލަބުން ގޮތް ނިންމައިފި އެވެ.
އިއްޔެ، 65 އަހަރު ފުރުން ފާހަގަ ކުރި އަންޗެލޮޓީ، އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުގައި ވާހަކަ ދެއްކީ، ކްލަބް ވޯލްޑް ކަޕަށް ނުދިއުމަށެވެ. އޭނާ ބުނީ ރެއާލް މެޑްރިޑްގެ އެންމެ މެޗަކީ 20 މިލިއަން ޔޫރޯ ކަމަށެވެ. ފީފާއިން އެ އަދަދު ދޭން ބޭނުން ވަނީ މުޅި މުބާރާތަށް ކަމަށެވެ.
"ކުޅުންތެރިންނާއި ކްލަބްތަކުން މި މުބާރާތުގައި ބައިވެރި ނުވާނެކަން ފީފާއިން ހަނދާން ނައްތާލައިފި. ރެއާލް މެޑްރިޑްގެ އެންމެ މެޗަކީ ވެސް 20 މިލިއަން ޔޫރޯގެ އަގުހުރި މެޗެއް. އެއީ މުޅި މުބާރާތަށް ފީފާއިން ދޭން ބޭނުންވާ ވަރު. އަހަރެމެން ފަދައިން އެހެން ކްލަބްތަކުން ވެސް އެ ދައުވަތަށް ދެކޮޅު ހަދާނެ." އިޓާލީ އިލް ޖާނަލޭ ނޫހަށް ދިން އިންޓަވިއުގައި އަންޗެލޮޓީ ބުނެފައިވާ ކަމަށް އެ ނޫހުން އިއްޔެ ރިޕޯޓް ކޮށްފައި ވެއެވެ.
ނަމަވެސް ހަމަ އިއްޔެ، ރެއާލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ކްލަބުން ކްލަބް ވޯލްޑް ކަޕްގެ ދައުވަތު ގަބޫލު ކުރާނެ ކަމަށެވެ.
ަ"ކުރިން ވެސް ކްލަބުން ރާވާފައި އޮތް ގޮތަށް، މި ރަސްމީ މުބާރާތުގައި ބައިވެރިވާނެ، -- އަނެއްކާވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ މިލިއަނެއްހާ ސަޕޯޓަރުންނަށް އިތުރު ތައްޓަކުން ހިތްހަމަޖެހުން ހޯދައި ދޭން ބޭނުން،" ރެއާލުން ނެރުނު ބަޔާނުގައި ވެއެވެ.
ައޭގެ ތިން މިނެޓް ފަހުން އަންޗެލޮޓީ ކުރި ޕޯސްޓްގައި ބުނެފައި ވަނީ އޭނާ ބުނި ވާހަކަ ނުބައިކޮށް މާނަ ނަގާފައިވާ ކަމަށެވެ.
ަ"ރެއާލް މެޑްރިޑާއެކު ތަށި ހޯދުމުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށް އަހަރެން ދެކޭ މުބާރާތެއް، އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ދޫކޮށްލަން އަހަރެންގެ ޝައުގުވެރިކަން ދުރަވާނެ އެއްވެސް ކަމެއް ނުވެވޭނެ،" އަންޗެލޮޓީ ބުންޏެވެ.
އަންނަ އަހަރު ޖޫން މަހު ބާއްވާ ކްލަބް ވޯލްޑް ކަޕް، 32 ޓީމަށް ފުޅާކޮށްގެން ބާއްވަން ފީފާއިން ވަނީ ނިންމައިފަ އެވެ.
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
ސައުދީގެ ބިޔަ ހުށަހެޅުންތަކުން ރެއާލަށް ބިރެއް ނެތް
ބެލިންހަމް ފޯނު ނުނަގައިގެން އަންޗެލޮޓީ ރުޅިގަދަވެއްޖެ
ނިންމުން ބަދަލުކުރަން ކްރޫޒަށް އަންޗެލޮޓީގެ އިލްތިމާސް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
އަންޗެލޮޓީއާ ދެކޮޅަށް ޖަލު ހުކުމުގެ ދައުވާއެއް
ނަތީޖާ އަނބުރާލަން ރެއާލްގެ އުކުޅު އަންޗެލޮޓީގެ ދުލުން
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ
ބްރެޒިލްގެ ކޯޗުކަމާ އަންނަ އަހަރު އަންޗެލޮޓީ ހަވާލުވަނީ