އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގައި ރާއްޖޭގެ ޓީޓީގެ އެންމެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ މިއަދު އައްޔަންކޮށްފި އެވެ.
13 ޖޫން 2024
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގައި ރާއްޖޭގެ ޓީޓީގެ އެންމެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ މިއަދު އައްޔަންކޮށްފި އެވެ.
އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވޯލްޑް ބޭންކު "އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް" ޕްރޮޖެކްޓެއްގެ ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ތަފާތު އެހެން އެތައް ޕްރޮޖެކްޓެއްގައި އިސްކޮށް މަސައްކަތް ކުރެއްވި އެވެ.
އުމުރުން 40 އަހަރުގެ ޝިއުރީ މިހާރު ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް ހާސިލް ކުރައްވާފައިވާ ޝިއުރީ ވަނީ އަމިއްލަ ކުންފުންޏެއްގައި ޑިރެކްޓަ ޕްރޮޖެކްޓްސް އެންޑް އިންފްރާސްޓްރަކްޗާ މަގާމު އަދާކުރައްވައި އެއާޕޯޓު ތަރައްގީ ކުރުމުގެ އެކިއެކި މަޝްރޫއުތަކުގައި އިސްކޮށް މަަސައްކަތް ކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ފުވައްމުލަކު އެއާޕޯޓު ޕްރޮޖެކްޓާއި ދަރަވަންދޫ އެއާޕޯޓާއި އިފުރު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓު އަދި ކުޅުދުއްފުށި އެއާޕޯޓު ޕްރޮޖެކްޓް ވެސް ހިމެނެ އެވެ.
ޝިއުރީއަކީ މިހާރު ވެސް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭއެންސީއައި) ގެ އެގްޒެކެޓިވް ބޯޑު މެމްބަރެކެވެ. އަދި ހައްޖު ކޯޕަރޭޝަންގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ.
އޭނާ ވަނީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
ކުޅިވަރު ކުރިއަރުވާއި ހިންގުމުގެ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝިއުރީ ވަނީ 2006 ވަނަ އަހަރު މިނި ކާ ކްރޭމިންގް (އެންމެ ގިނަ މީހުން އެއް ފަހަރާ ކާރަށް އެރުމުގެ) ގިނިސް ވޯލްޑް ރެކޯޑު ހަދައިފަ އެވެ.
މި ސަރުކާރުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެންމެ ފުރަތަމަ އައްުޔަން ކުރެއްވީ ފާތިމަތު ތައުފީގު (ކުޑީ) އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުއްލި ގޮތަކަށް ކުޑީ މިދިޔަ މަހު މަގާމުން ވަކިކުރެއްވީ އެވެ. އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާ ވެސް މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ކުންފުނި ހިންގާ ގޮތާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިންނެވެ.
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ޕާޓާގެ ބޯޑު މެންބަރަކަށް ޝިއުރީ
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
ލޭންޑްމާކުގެ ޑިޒައިނަކަށް 20،000ރ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް