މިދިޔަ މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށް ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އެކަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
މިދިޔަ މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށް ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އެކަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެދިފައި ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ހުސެއިން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. ނަމަވެސް އެ ކޯޓުން ނިންމާފައި ވަނީ ޝަރުތުތަކާއެކު އޭނާ މިނިވަން ކުރުމަށެވެ.
އޭގެ އެއް ސަަބަބެއް ގޮތުގައި ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ހުސެއިން އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގައި ބަޔާން ކޮށްފައިވާ ކަންކަން މާނަ ކުރެވެނީ އަލީ ހުސެއިން އާ އެއްކޮޅަށް ކަމަށެވެ.
ދައުލަތުން ބުނެފައި ވަނީ އަލީ ހުސެއިން ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ގޮތުގެ ސަބަބުން އޭނާއަކީ މުޖުތަމައުގެ ސަމާލަތަށް ނުރައްކަލެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭނާ ކުށުގައި ބައިވެރިވެފައި ވަނީ އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލްގައި ލަގެޖުގައި ލާފައި އިން ކާޓެއް ޓްރެކްޓާ މެދުވެރިކޮށް އެއާޕޯޓް ލަގެޖް ޓްރާންސްފާ ކުރުމުގެ އުސޫލާ ހިލާފަށް ޑޮމެސްޓިކް ޓާމިނަލް އަށް ގެންދިޔުމުންނެވެ.
އޭނާ އެކަން ކޮށްފައި ވަނީ ސުޕަވައިޒަރުގެ ހުއްދަ ނެތި ކަމަށާއި އެކަމުގެ އިންސްޓްރަކްޝަން ހާދިސާ ހިނގުމުގެ ކުރިން އަލީ ހުސެއިނަށް ލިބިފައިވާ ކަމަށް އޭނާގެ ބަޔާނަށް ބެލުމުން އެނގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އަލީ ހުސެއިންގެ އެ އަމަލާ ގުޅިގެން އޭނާ މުޖުތަމައު އަށް ނުރައްކަލަކަށް ވާ ގޮތެއް ދައުލަތުގެ ފަރާތުން ބުނެދީފައި ނުވާ ކަމަށެވެ.
އަލީ ހުސެއިން ދޫކޮށްލާފައި ވަނީ ހަތަރު ޝަރުތަކާއެކު އެވެ. އެއީ މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދުމާއި އިތުރު ކުށަކަށް އަރައިނުގަތުމާއި ކޯޓުން އަންގާ ގަޑިއަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ހެއްކަކާ އެއްވެސް މުއާމަލާތެއް އަދި އެއްވެސް މުއާސަލާތެއް ނުކުރުމެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި، އެ ތަން ހިންގާ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހިމެނޭ އިރު އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އޭޕްރިލް މަހު ދޫކޮށްލައިފަ އެވެ.
ރާއްޖެ އެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އާއި މެތެވެ.
އެ މީހުން ތަހުގީގަށް ބަންދު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ މަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން "މި މައްސަލާގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ބެލެވޭ" އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ޝަރުތުކޮށްފައި ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ.
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ޑްރަގު ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރަށްޖަލަށް
އެޕާޓްމަންޓުން ފެނުނު ޑްރަގާ ހަވާލުވީ ފައެނާގެ ފިރިމީހާ
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް
އަނގައިގެ ތެރޭ ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގްގެ ބޮޑުން ބައިގަރުނަށް ޖަލަށް، ބޮޑު ޖޫރިމަނާ!