Roadha Mihaaru
މާރާމާރީގައި ޒަހަމްވި އެކަކަށް އަދިވެސް ފަރުވާ ދެނީ

މާރާމާރީގައި ޒަހަމްވި އެކަކަށް އަދިވެސް ފަރުވާ ދެނީ

17 ޖޫން 2024

މީގެ ދެ ދުވަސް ކުރިން މާލޭގައި ފެށި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އިއްޔެ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި ހިނގި މާރާމާރީގައި އަނިޔާވި އެކަކަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މީގެ ދެ ދުވަސް ކުރިން މާލޭގައި ފެށި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އިއްޔެ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި ހިނގި މާރާމާރީގައި އަނިޔާވި އެކަކަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އިއްޔެ މެންދުރު 12:45 ހާއިރު ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި ހިނގި މާރާމާރީގައި ދެ މީހަކު ޒަހަމްވެގެން އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ، އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. މިހާރު ފަރުވާ ދެނީ އެކަކަށް ކަމަށާއި އޭނާ އަށް ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ މާރާމާރީގައި އެކަކުގެ ބޮލަށް އަނިޔާވެފައިވާއިރު، ދެން ހުރި މީހާގެ ކޮނޑުމަތިން ޒަހަމްކޮށްލައިފައި ވެ އެވެ.

މާލޭގައި ފާއިތުވީ ދެ ދުވަހު ތިން މާރާމާރީއެއް ވަނީ ހިންގައިފަ އެވެ. އޭގެ ތެރެއިން ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއަށް ފަހު އިއްޔެ ހުޅުމާލޭގައި ވެސް އިތުރު މާރާމާރީއެއް ހިނގައިފައިވެ އެވެ.

މި މާރާމާރީތަކުގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ދަރުބާރުގޭ ކައިރީ ހިނގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.