ފަޅުރަށެއް ކަމަށްވާ ނ. ވަވަތި އަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު ޑިންގީއެއް ލައްގައިފި އެވެ.
22 ޖޫން 2024
ފަޅުރަށެއް ކަމަށްވާ ނ. ވަވަތި އަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު ޑިންގީއެއް ލައްގައިފި އެވެ.
ވަވައްޗަށް މިއަދު ހެނދުނު ލެއްގި އެ ޑިންގީގައި ސޯމާލިއާގެ ތިން މީހަކު ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏަސް "އަރްމާޖޯ 1" ނަމަކަށް ކިޔާ އެ ލޯންޗުގައި ތިބި މީހުންނާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން، މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން އޮޔާދަނިކޮށް ވެސް ސޯމާލިއާގެ ބޯޓުތައް ރާއްޖެ ސަރަހައްދުން ފެނިފައިވެ އެވެ. އަދި ސޯމާލިއާގެ ކަނޑު ފޭރޭ މީހުންގެ ނުރައްކާ ވެސް މި ފަހުން ބޮޑުވެފައިވާއިރު މިއީ އެކަހަލަ ކަމެއްގައި އުޅުނު ބައެއް އަދި ނޭނގެ އެވެ.
ނ. ވަވަތިއަށް ލެއްގި ޑިންގީ.
މިފަހުން އަރަބި ކަނޑުގައި ބަންގްލާދޭޝްގެ ބަލްކް ކެރިއަރެއް 23 ފަޅުވެރިންނާ އެކު ސޯމާލިއާގެ ކަނޑުފޭރޭ މީހުން އަތުލައިގަތެވެ.
ސޯމާލިއާގެ ފޭރޭ މީހުންގެ ނުރައްކާ ކުޑަވެފައި އޮތުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އިތުރުވާން ފެށީ ޔަމަނުގެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފެށުމާ އެކު އެ ސަރަހައްދުގެ ރައްކާތެރިކަމަށް ގައުމުތަކަށް އިސްކަންދީ ސޯމާލިއާ ސަރަހައްދަށް ސަމާލުކަން ކުޑަވެފައި ވަނިކޮށެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ.
ސޯމާލިއާ މީހުން ރާއްޖެ އައި ގޮތް ބަލަން ތަހުގީގެއް
ސޯމާލިއާ ބަޔަކު ފުވައްމުލަކު ކައިރިން ހިފަހައްޓައިފި
ސޯމާލިއާ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި
ރާއްޖޭ ސަރަހައްދުން ފެނުނީ ސޯމާލިއާ ބައެއް: ޕޮލިސް
ދެ ބޯޓާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް
ބައެއް ގެތައް ފާސްކޮށް މީހުން ހައްޔަރުކުރަނީ!
ގައުމީ ސަލާމަތާ ގުޅޭ އޮޕަރޭޝަނެއް ފަށައިފި
ގޭގެ ވެރިފަރާތަށް އަނިޔާކުރި 4 މީހުން ހައްޔަރުކޮށްފި
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީއަކު ޑީޕޯޓުކުރަނީ