މޯލްޑިވިއަންގެ އެއާބަސް ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރެވެންދެން ވެސް، އެ އެއާލައިނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެ އެވެ.
24 ޖޫން 2024
މޯލްޑިވިއަންގެ އެއާބަސް ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރެވެންދެން ވެސް، އެ އެއާލައިނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެ އެވެ.
އިޔާސް މިއަދު ވިދާޅުވީ ބޭރުގެ ދަތުރުތައް ކުރާ، އެއާބަސް ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މުއްދަތުގައި ވެސް، މޯލްޑިވިއަން މެދުވެރިކޮށް ޓްރިވެންޑްރަމާއި ކޮޗިންއަށް ދަތުރު ކުރާ މީހުންނަށް، ޓިކެޓް ނަގާފައިވާ ދުވަހު ދަތުރު ކުރެވޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މިހާރު ޓިކެޓް ނަގާފައިވާ މީހުންނަށެވެ. މޯލްޑިވިއަންގެ އޭޓީއާރް ބޯޓުތަކުގައި ޝެޑިއުލާ އެއްގޮތަށް ދަތުރުތައް ރާވާފައިވާނެ ކަމަށާއި އެހެން ނަމަވެސް، ދަތުރު ކުރާ ވަގުތުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ބޯޓުތަކުގެ އިތުރުން، އެހެން އެއާލައިންތަކުގެ ބޯޓުތައް މެދުވެރިކޮށް ވެސް، އިއްޔެ ބައެއް ފަސިންޖަރުން އެ އެއާލައިނުން މާލެ ގެނަ އެވެ. ޓްރިވެންޑްރަމް އިން މާލެ އަންނަން މޯލްޑިވިއަން އިން ޓިކެޓް ނެގި ބައެއް މީހުން މިއަދު އިންޑިގޯގައި ވެސް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން "އެކްސް" ގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ މެންދުރު ފަހު މާލެއިން ޓްރިވެންޑްރަމަށް ކުރި ދަތުރު، ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ. މައްސަލަ ދިމާވީ ބޯޓުގެ އިންޖީނަށް ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.
ތައިލެންޑާއި މެލޭޝިއާ އިން ސޭލްސް އޭޖެންޓުން ހޯދަނީ
މޯލްޑިވިއަންގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ކޫއްޑޫއަށް މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލަނީ
މޯލްޑިވިއަން އިން ފުނަދޫގެ ދަތުރުތައް މަޑުޖައްސާލައިފި
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
"އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ހަރަދުވެއްޖެ"
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
ކުރިން ޓިކެޓް ނެގުމުން މޯލްޑިވިއަނުން ބޮޑު ޑިސްކައުންޓް