ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 22 ގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
09 ޖެނުއަރީ 2025
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 22 ގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ޝެޑިއުލް ދަތުރުތަކުގެ ޓިކެޓް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެންމެ ފުރަތަމަ ދަތުރު ކުރަނީ ޗައިނާގެ ޗެންގްޑޫ ސިޓީއަށެވެ.
ޗެންގްޑޫގެ އިތުރުން ބެއިޖިން އާއި ޝަންހާއީ އަށް ދަތުރުތައް ކުރަން ރާވާފައިވެ އެވެ. މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައި ވަނީ، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު ދަތުރުކުރާ ޗައިނާގެ ސިޓީތައް ކަނޑައެޅީ، ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލްތައް ބަލައިގެން ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް:.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާބަސް އޭ330 ބޯޓުން 260 މީހުންގެ އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި އެ އެއާލައިނުން ވަނީ 50،000 ފްލައިޓް އޮޕަރޭޓްކޮށް، އެއް މިލިއަން ފަސިންޖަރުން އުފުލައިފަ އެވެ.
މޯލްޑިވިއަންގެ އާ ބޯޓު ޗައިނާގެ ޗެންގްޑޫއަށް ފުރައިފި
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
ވައިޑް-ބޮޑީ އެއާކްރާފްޓުތަކެއްގެ އޮޕަރޭޝަނަށް ގެންނަނީ
ޗައިނާ ސަދަން އިން ރާއްޖެ އަށް ދަަތުރުތައް ފަށަނީ
ވޫހާން ސިޓީ އަށް މޯލްޑިވިއަން އިން ދަތުރެއް ނުކުރޭ
އައިއޭއެސް މި ދަނީ ކޮން ދިމާލަކަށް؟ ޖަވާބެއް ބޭނުން!
މޯލްޑިވިއަން އިން ޗައިނާއަށް ދަތުރުތައް ފަށަން ތައްޔާރުވަނީ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް