01 ޖުލައި 2024
ލައިސެންސެއް ނެތި ހިޖާމާ ޖެހުމުގެ މަސައްކަތް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޒީސް ހިޖާމާ ސެންޓަރާ ދެކޮޅަށް ފިޔަވަޅު ނޭޅި ދިގުލައިގެން ހިނގައްޖެ އެވެ.
ލައިސެންސެއް ނެތި ހިޖާމާ ޖެހުމުގެ މަސައްކަތް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޒީސް ހިޖާމާ ސެންޓަރާ ދެކޮޅަށް ފިޔަވަޅު ނޭޅި ދިގުލައިގެން ހިނގައްޖެ އެވެ.
ސިއްހީ ބައެއް މައްސަލަތަކަށް ހިޖާމާއިން ފަރުވާ ލިބޭ ކަމަށް ބުނުމާއި އަދި އާއްމުންނާ މެދު މުއާމަލާތްކުރާ ގޮތުން އެ ސެންޓަރުގެ ވެރިޔާ ފަޒީލާ އުސްމާނަށް އަބަދުވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވެ އެވެ. އޭގެ ތެރެއިން ހަކުރު ބައްޔާ ގުޅޭގޮތުން 2022 ވަނަ އަހަރު ދެއްކި ވާހަކަތަކެއް ހޫނުވެ، ހިޖާމާ ސެންޓަރު މިނިސްޓްރީން ބަންދު ވެސް ކުރި އެވެ.
އެކަމަކު އޭގެފަހުން އަނެއްކާވެސް އެ ހިޖާމާ ސެންޓަރު ހުޅުވައި، ފޭސްބުކް ޕޭޖުގައި ވެސް އެކަން އިސްތިހާރުކޮށް، ފާޅުގައި އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.
ހުއްދަ ނެތި ހިޖާމާ ޖެހުމުގެ މަސައްކަތް ކުރާތީ އެތަނާ ދެކޮޅަށް ފިޔަވަޅު އަޅަން ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ހެލްތު މިިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓަށް ފޮނުވައިފަ އެވެ. ނަމަވެސް، އަޅާނެ ފިޔަވަޅެއް ނާންގަ އެވެ.
ފިޔަވަޅު އެޅުމުގެ ކުރިން މިނިސްޓްރީން ވަނީ މިދިޔަ އާދިއްތަ ދުވަހު ފަޒީލާއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ލައިސެންސް ނެތި ސިއްހީ ހިދުމަތް ދޭތީ ހެލްތު ޕްރޮފެޝަނަލްސްގެ ގާނޫނުގެ ދަށުން 75،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އޭގެ އިތުރުން ހެލްތު ސާވިސް ގާނޫނުގެ ދަށުން ތަން ބަންދުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބެ އެވެ.
ފަޒީލާ "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ދުވާލެއްގެ މައްޗަށް ތިރީހަކަށް މީހުން އޭނާ ކައިރިން ހިދުމަތް ހޯދާ ކަމަށެވެ. އެ ކޮންމެ ސެޝަނަކަށް 1000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާއަށް ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 800،000 އެއްހާ ރުފިޔާ އެވެ.
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް
ފަޒީސް ހިޖާމާ ހުއްޓާލަން އަނެއްކާވެސް އަންގައިފި
ފަޒީގެ ހިޖާމާ ކްލިނިކަށް ފިޔަވަޅު އަޅަން އަންގައިފި
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
ބުޅާމަހުން ކާތަކެތި ހެދިކަން ކަށަވަރެއްނުވޭ: މިނިސްޓަރު