02 ޖުލައި 2024
ދެކުނު ކޮރެއާގެ މަޝްހޫރު ބޮއީ ބޭންޑް ބީޓީއެސްގެ ލަވަކިޔުންތެރިޔާ ކިމް ސެއޮކްޖިން (ޖިން) އެ ގައުމުގެ ޒުވާން ފިރިހެނުން ކޮންމެހެން ފުރިހަމަކުރަން ޖެހޭ ދެ އަހަރު ދުވަހުގެ އަސްކަރީ ތަމްރީނަށް ފަހު މިއުޒިކީ ދާއިރާއަށް އެނބުރި އައުމުގެ މަސައްކަތް ފަށައިފި އެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ބޮއީ ބޭންޑް ބީޓީއެސްގެ ލަވަކިޔުންތެރިޔާ ކިމް ސެއޮކްޖިން (ޖިން) އެ ގައުމުގެ ޒުވާން ފިރިހެނުން ކޮންމެހެން ފުރިހަމަކުރަން ޖެހޭ ދެ އަހަރު ދުވަހުގެ އަސްކަރީ ތަމްރީނަށް ފަހު މިއުޒިކީ ދާއިރާއަށް އެނބުރި އައުމުގެ މަސައްކަތް ފަށައިފި އެވެ.
ދާއިރާއަށް އެނބުރި އަންނަކަން ޖިން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު "ވީވާސް"ގައި އޭނާގެ ފޭނުން ކުރި ސުވާލުތަކަކަށް ދިން ޖަވާބުގަ އެވެ.
އެއް ފޭނަކު ވަނީ ޖިން ފިލްމީ ދާއިރާ އަށް ޝައުގުވެރިކަން ހުރިތޯ ވެސް އަހައިފަ އެވެ. ނަމަވެސް ޖިން ބުނީ އެކްޓުކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ. އަދި އެހެން ފޭނަކު ވަނީ ޖިންގެ "ސުޕަ ޓޫނާ" ލަވަ ރިލީޒްކުރަނީ ކޮންއިރަކުތޯ ވެސް އަހައިފަ އެވެ. ޖިން ބުނީ ބީޓީއެސްގެ ލަވަކިޔުންތެރިޔާ ޖިމިނީގެ އަލްބަމެއް ނެރޭތީ މި ވަގުތު އޭނާގެ ލަވަ ނެރުން ފަސްކޮށްލީ ކަމަށެވެ.
ޖިން ބުނީ އޭނާގެ އަސްކަރީ ތަމްރީނުގައި އުޅުނު ދުވަސްވަރު ވަރަށް ގިނަ ޕްލޭންތައް ހެދި ކަމަށާއި އެ ޕްލޭންތަކަށް މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އަދި އޭނާގެ މަސައްކަތްތައް ފޭނުންނާ ހަމައަށް ގެނެސްދޭން އަދި ކުޑަ ދުވަސްކޮޅެއް ހޭދަވާނެ ކަމަށް ވެސް ބުންޏެވެ.
ބީޓީއެސްގެ އިތުރު މެމްބަރެއް ކަމަށްވާ ޖޭ-ހޯޕް އަސްކަރީ ތަމްރީނު ފުރިހަމަކޮށް ނިމޭނީ ކޮންއިރަކުތޯ ފޭނަކު އެހުމުން ޖިން ބުނީ އޭނާ ވެސް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.
ބީޓީއެސްގެ މެނޭޖްމަންޓް އެޖެންސީ ބިގް ހިޓް މިއުޒިކުން ވަނީ އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޖިން އަސްކަރީ ތަމްރީނު ފުރިހަމަކޮށް އެނބުރި ގެއަށް ބަދަލުވިކަން އިއުލާންކޮށްފަ އެވެ.
ބީޓީއެސްގެ މެމްބަރުން ވަނީ އޭނާ އަށް މަރުހަބާ ވެސް ކިޔައިފަ އެވެ.
ޖިން އަސްކަރީ ތަމްރީނަށް ދިޔައީ ޑިސެމްބަރު 13، 2022 ގަ އެވެ. ޖިން އަކީ ބީޓީއެސްގެ މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަ އެ ތަމްރީނަށް ދިޔަ މެމްބަރެވެ.
އެންމެ ހިޓު ކޮރެއާ ޑްރާމާއަކީ "ލަވް ނެކްސްޓް ޑޯ"
"ޕަޗިންކޯ"ގެ ދެވަނަ ސީޒަން ހުކުރު ދުވަހު
"މިސް ނައިޓް އެންޑް ޑޭ" އަށް ބޮޑު ތަރުހީބެއް
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން ޑިސެމްބަރު 26 ގައި
ޖިމިން އާއި ޖަންކޫކްގެ ވްލޮގްގެ ޓްރެއިލާ އާންމުކޮށްފި
ސީއައިއޭ މީހަކު ކޮރެއާއަށް ޖާސޫސްކޮށްދިނީ ދަބަސް ލިބޭތީ
ކިމްޗީ ކެއުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި
ވިސާ ނުލިބުމުން ނަބާ އަށް ޓްރޭނިން އަށް ނުދެވުނު
ޖަންގް ކީ-ޔޮންގް ހިންދީ ފިލްމު ކުޅެން ބޭނުންވޭ
ރާމެން ނޫޑްލްސް މާ ކުޅިވުމުން ޑެންމާކުގައި މަނާކޮށްފި