ނެޓްފްލިކްސް އިން ގެނެސްދޭ ސައުތު ކޮރެއާގެ ޑްރާމާ "މިސް ނައިޓް އެންޑް ޑޭ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ ސައުތު ކޮރެއާގެ ޑްރާމާ "މިސް ނައިޓް އެންޑް ޑޭ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ޒުވާން އަންހެނަކު ކޮންމެ ދުވަހަކު ދުވާލު ގަޑީގައި 50 އަހަރުގެ މުސްކުޅި އަންހެނަކަށް ބަދަލުވުމުން އޭނާގެ ދިރިއުޅުމުގައި ހިނގާ ތަފާތު ކަންކަން ދައްކާ މި ޓައިމް ބެންޑިން ކޮމެޑީ ޑްރާމާގެ އެންމެ ފަހު އެޕިސޯޑު ގެނެސްދިނީ އިއްޔެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހަފުތާ ބަންދުގައި ވަނީ ކޮރެއާގައި ޑްރާމާތަކުގެ ވިއުއާޝިޕް ރޭޓިން ބަލާ މިންގަނޑު ކަމަށްވާ ނީލްސެންގައި 8.7 އިން މައްޗަށް އަރައިފަ އެވެ. އެއީ އާންމުކޮށް ޑްރާމާތަކަށް ލިބޭ ރޭޓިން އަށް ވުރެ މަތި ރޭޓެކެވެ.
ނެޓްފްލިކްސްގެ އިންޓަނޭޝަނަލް ޝޯތަކުގެ ގަދަ 10 ޝޯގެ ޗާޓުގެ ހަވަނައިގައި މިދިޔަ ހަ ހަފުތާގައި ވެސް މި ޑްރާމާ އޮތެވެ. މި ހަފުތާގައި ވެސް ވަނީ އެ ރިކޯޑް ދަމަހައްޓައިފަ އެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި، 21.4 މިލިއަން ގަޑިއިރު ވަންދެން މި ޑްރާމާ ވަނީ ބަލައިފަ އެވެ.
"މިސް ނައިޓް އެންޑް ޑޭ"ގެ ލީޑު ރޯލުތައް ކުޅުނީ އުން އީއުން ޖީ އާއި ލީ އުން ޖީ އަދި ޗޮއި ޖިން ހިއުކް އެވެ.
ނެޓްފްލިކްސްގެ އިންޓަނޭޝަނަލް ޝޯތަކުގެ ގަދަ 10 ގެ ދެވަނައިގައި ވެސް އޮތީ ކޮރެއާ ޑްރާމާއެކެވެ. އެއީ "ދަ އޮޑިޓާސް" އެވެ.
އެންމެ ހިޓު ކޮރެއާ ޑްރާމާއަކީ "ލަވް ނެކްސްޓް ޑޯ"
ކިމް ވޫ ބިން އާއި ޝިން މިން އާ ކައިވެނިކުރަނީ
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ސަންދީޕްގެ "ސްޕިރިޓް"ގައި ވިލަންގެ ރޯލަށް ޑޮން ލީ
ޖަންކޫކްގެ ގެޔަށް ވަންނަ އުޅެނިކޮށް ހިފަހައްޓައިފި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ތާރީހީ ރެކޯޑެއް!
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ
ބީޓީއެސްގެ އެނބުރި އައުން އަންނަ ސެޕްޓެމްބަރުގައި
ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި