މިހާރު އެންމެ ހިޓު ކޮރެއާ ޑްރާމާއަކަށް ނެޓްފްލިކްސްގެ ލޯބީގެ ޑްރާމާ "ލަވް ނެކްސްޓް ޑޯ" ވެއްޖެ އެވެ.
މިހާރު އެންމެ ހިޓު ކޮރެއާ ޑްރާމާއަކަށް ނެޓްފްލިކްސްގެ ލޯބީގެ ޑްރާމާ "ލަވް ނެކްސްޓް ޑޯ" ވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ޑްރާމާގެ ހަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައި ވާއިރު ކޮރެއާ ޑްރާމާތަކުގެ މަގުބޫލުކަން ކަނޑައަޅާ ސިސްޓަމްގެ ވިއުވާސް ރޭޓިންގައި ވަނީ 6.3 ޕަސެންޓް ލިބިފަ އެވެ. އެއީ ވަރަށް ރަނގަޅު ރޭޓިންއެކެވެ.
މައި ޑްރާމާ ލިސްޓުގައި 8.8/10 ގެ ރޭޓިންއަކާއި އައިއެމްބީޑީގައި 8.4/10ގެ ރޭޓިންއެއް ވެސް މި ޑްރާމާއަށް މިހާތަނަށް ވަނީ ލިބިފަ އެވެ.
ނެޓްފްލިކްސްގެ ޑޭޓާތަކުން ދައްކާ ގޮތުގައި، މި ޑްރާމާ މިހާރު އޮތީ އެ ފްލެޓްފޯމުން ގެނެސްދޭ ނޮން-އިންގްލިޝް ސީރީޒްތަކުގެ އެންމެ މަގުބޫލު ލިސްޓުގެ ދެވަނައިގަ އެވެ.
"ލަވް ނެކްސްޓް ޑޯ"ގައި ދައްކަނީ އެމެރިކާގައި ކާމިޔާބު ކެރިއަރެއް ބިނާކުރި އަންހެނަކު އޭނާގެ ކެރިއަރު ދޫކޮށްލައިފައި އެނބުރި ކޮރެއާއަށް ދާ ފަހުން ހިނގާ ކަންތައްތަކެވެ. ކޮރެއާއަށް ދަނީ އޭނާގެ ލޯބިވެރިޔާއާ އެކު އޮތް އެންގޭޖުމަންޓު ވެސް ރޫޅާލައިފަ އެވެ. ކޮރެއާއަށް އެނބުރި ދާ ތަނުން އޭނާގެ ކުޑައިރުގެ ވަރަށް ގާތް ރަހުމަތްތެރިޔަކާ އަލުން ދިމާވެ އެ ދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދޭ ގޮތް މި ޑްރާމާގައި ދައްކަ އެވެ.
މި ޑްރާމާގެ ލީޑު ރޯލުތައް ކުޅެނީ ޖުންގް ހޭ އިން އާއި ޖުންގް ސޯ މިން އެވެ.
"ލަވް ނެކްސްޓް ޑޯ"ގެ ޖުމްލަ 16 އެޕިސޯޑެއް ގެނެސްދޭނެ އެވެ. އާ އެޕިސޯޑުތައް ގެނެސްދެނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ.
"މިސް ނައިޓް އެންޑް ޑޭ" އަށް ބޮޑު ތަރުހީބެއް
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
"ސްކުއިޑް ގޭމް 2" 93 ގައުމެއްގެ އެއްވަނައިގައި
"ޕަޗިންކޯ"ގެ ދެވަނަ ސީޒަން ހުކުރު ދުވަހު
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން ޑިސެމްބަރު 26 ގައި
އަސްކަރީ ތަމްރީނަށް ފަހު ޖިން އެނބުރި އަތުވެއްޖެ
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި
ކޮރެއާ ކޮންޓެންޓަށް ނެޓްފްލިކްސްގެ 2.5 ބިލިއަންޑޮލަރު
ކޮރެއާގެ މަނީ ހައިސްޓަށް ތައްޔާރުތަ؟
ސްކުއިޑް ގޭމްގެ ދެވަނަ ސީޒަން ނެރޭނީ 2024ގައި