ޓޫރިސްޓު ވިސާގައި ލަންކާއަށް ގޮސް ސައިބަކްރައިމްގެ އަމަލުތައް ހިންގާ މީހުން ހޯދުމުގެ އޮޕަރޭޝަންތަކެއް ފަށައި އެތައް ބިދޭސީންނެއް ހައްޔަރުކޮށްފި އެވެ.
ޓޫރިސްޓު ވިސާގައި ލަންކާއަށް ގޮސް ސައިބަކްރައިމްގެ އަމަލުތައް ހިންގާ މީހުން ހޯދުމުގެ އޮޕަރޭޝަންތަކެއް ފަށައި އެތައް ބިދޭސީންނެއް ހައްޔަރުކޮށްފި އެވެ.
މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުން ކަމަށް ވާއިރު ޗައިނާ މީހުން ވެސް ގިނަ އަދަދަކަށް ވަނީ ހައްޔަރުކޮށްފަ އެވެ.
މި އޮޕަރޭޝަންގައި އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ 12 މީހެކެވެ. އެއާ އެކު، މިހާތަނަށް ހައްޔަރުކުރި އިންޑިއާ މީހުންގެ އަދަދު ވަނީ 70 އިން މައްޗަށް ގޮސްފަ އެވެ.
ލަންކާ ފުލުހުން ހިންގާ މި އޮޕަރޭޝަންގައި ކްރިޕްޓޯ ކަރަންސީ ރެކެޓެއް ހިންގާ ޗައިނާގެ 30 މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އެންމެ ފަހުން ހައްޔަރުކުރި އިންޑިއާގެ 12 މީހުން އަތުލައިގަތީ ކޮލަމްބޯގެ އިރުމަތީގައި ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުގައި އޮންނަ ކެންޑީގެ ހަލޫވާގެ ގެއަކުން ކަމަށް ޑެއިލީ މިރާ އިން ބުނެފައިވެ އެވެ.
ކެންޑީ ކްރައިމް އިންވެސްޓިގޭޝަންސް ޔުނިޓުން 22 ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ހަތަރު ލެޕްޓޮޕާއި ޒަމާނީ ޓެކްނޮލޮޖީގެ 50 އަށް ވުރެ ގިނަ މޮބައިލް ފޯނާއި އެގާރަ އޭޓީއެމް ކާޑާއި އެހެނިހެން ގިނަ ސާމާނުތަކެއް އަތުލައިގެންފައިވާ ކަމަށް ޑެއިލީ މިރާ އިން ބުންޏެވެ.
"އެމީހުންނަކީ އިންޓަނެޓް މެދުވެރިކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ބެޓިން ވިޔަފާރިއެއް ހިންގާ ކަމަށް ޝައްކު ކުރެވޭ ބައެއް. އެމީހުންގެ އެހެން މައްސަލަތައް މި އަންނަނީ ތަހުގީގު ކުރަމުން،" ފުލުހުންނާ ހަވާލާދީ ޑެއިލީ މިރާގައި ބުނެފައިވެ އެވެ.
މިދިޔަ ހަފްތާގެ ކުރީކޮޅު ލަންކާގެ ފުލުހުން ވަނީ އިންޓަނެޓް މެދުވެރިކޮށް ފައިސާގެ ސްކޭމްތައް ހިންގި ކަމަށް ތުހުމަތުވާ 200 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރޭ ގިނައީ އިންޑިއާ މީހުންނެވެ.
މިފަދަ އޮޅުވާލުންތަކުގެ ތެރެއިން ހޯދާ ފައިސާ އިނގިރޭސިވިލާތާއި ދުބާއީ އަދި އިންޑިއާގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ވެސް ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާން އަދި ނޭޕާލް މީހުން ވެސް ހިމެނެ އެވެ.
ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަން އެއްބަސްވެއްޖެ
އަދާނީއާ އެކު ލަންކާއިން ހެދި އެއްބަސްވުން އުވާލައިފި
ސްކޭމް ހިންގާ 230 މީހަކު ލަންކާއިން ހައްޔަރުކޮށްފި
ކަނޑު ބަލަހައްޓަން ލަންކާގައި ވަރުގަދަ މަރުކަޒެއް
އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ލަންކާގައި ދެނީ
ފަތާފައި ލަންކާއިން އިންޑިއާއަށް ދަނިކޮށް މަރުވެއްޖެ
އިންޑިއާ އާއި ލަންކާއާ ދެމެދު މި މަހު ފެރީ ފަށަނީ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ފޭރޭ މީހުންގެ އަތްދަށުން ލަންކާގެ ބޯޓު ސަލާމަތްކޮށްފި
ލަންކާގެ ފޭރުނު ބޯޓު ހޯދަން އިންޑިއާގެ މަނަވަރެއް