Roadha Mihaaru
މި މަހު ބަލަންވާނެ ހިންދީ ވެބް ސީރީޒްތައް

މި މަހު ބަލަންވާނެ ހިންދީ ވެބް ސީރީޒްތައް

06 ޖުލައި 2024

މި މަހު ވަރަށް ސަޅި ހިންދީ ވެބް ސީރީޒްތައް ނުކުންނަން އެބައޮތެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ "މިރްޒާޕޫރް"ގެ ތިން ވަނަ ސީޒަން އާއި "ޝޯ ޓައިމް" ވެސް ހިމެނެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މި މަހު ވަރަށް ސަޅި ހިންދީ ވެބް ސީރީޒްތައް ނުކުންނަން އެބައޮތެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ "މިރްޒާޕޫރް"ގެ ތިން ވަނަ ސީޒަން އާއި "ޝޯ ޓައިމް" ވެސް ހިމެނެ އެވެ.

މިރްޒާޕޫރް 3

މި މަހު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރީ މި ސީރީޒްގެ ތިންވަނަ ސީޒަނަށެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ސީރީޒުގެ ލީޑުން ފެންނަނީ އަލީ ފަޒާލް، ވިޖޭ ވަރްމާ، ޝްވެތާ ޓްރިޕަތީ ޝަރްމާ، ރާސިކާ ޑޫގަލް އަދި ޕަންކަޖް ޓްރިޕާތީ އެވެ. ސިންގް އާއި އަނަންދު އަޔަ ޑައިރެކްޓްކޮށްފައިވާ މި ކްރައިމް ޑްރާމާގެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރީ 2018 ވަނަ އަހަރު އެވެ. ދެވަނަ ސީޒަން 2020 ވަނަ އަހަރު ދެއްކުމަށް ފަހު، ތިން އަހަރު ފަހުން މި އަންނަނީ އޭގެ ތިންވަނަ ސީޒަނެވެ.

އާ ސީޒަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރަން ފަށައިފަ އެވެ.

ޝޯ ޓައިމް

މި ސީރީޒްގެ ފަހު ތިން އެޕިސޯޑް ޕްރިމިއާ ކުރާނީ މި މަހު 12 ގަ އެވެ. މިހިރު ދޭސައި އާއި އާކިތު ކުމާރު ޑައިރެކްޓް ކުރާ މި ސީރީޒްގައި އިމްރާން ހާޝްމީ، މައުނީ ރޯއީ، ނަސީރުއްދީން ޝާހް، މަހިމާ މަކްވާނާ، ރާޖީވް ހަންޑެލްވާލް، ޝްރިޔާ ސާރަން އަދި ވިޖޭ ރާޒް ފެންނާނެ އެވެ. ދަރުމެޓިކް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްގެން ގެނެސްދޭ މި ސީރީޒްގެ ފުރަތަމަ ހަތަރު އެޕިސޯޑު ގެނެސްދިނީ މިދިޔަ މާޗު މަހު އެވެ.

ޓްރިބުވަން މިޝްރާ ސީއޭ ޓޮޕާ

ރާމް ސަމްޕަތު ޕްރޮޑިއުސްކޮށް އަމްރިތު ރާޖް ޑައިރެކްޓްކުރާ މި ސީރީޒް ލިޔެފައި ވަނީ ކްރިޝްނާ އާއި ޝޯރަނާ އެވެ. އަދި މި ޝޯގައި ޝްވެތާ ބާސޫ ޕްރަސާދު، ސުމިތު ގުލާޓީ، ނަރޭޝް ގޮސައިން، ނައިނާ ސަރީން، ފައިސަލް މަލިކް، އަޝޯކް ޕަތަކް، މަނާވް ކައުލް އަދި ޓިލޯޓަމާ ޝޯމް ފެންނާނެ އެވެ. މި ޝޯގައި ދައްކަނީ އާދައިގެ މީހަކު އިންޑިއާގެ ހަލަވާއީގެ ނުރައްކާތެރި ގޭންގެއްގެ އަމާޒަކަށްވެގެން ގޮސް އުޅެނިކޮށް ފަޅާއަރާ ސިއްރުތަކަކަށް ފަހު ހިނގާ ކަންތައްތަކެކެވެ.

މި ސީރީޒް ސްޓްރީމް ކުރަން ފަށަނީ މަހު 18 ގައި ނެޓްފްލިކްސް އިންނެވެ.

ޕިލް

މި މަހު 12 ގައި ޖިއޯ ސިނަމާ އިން ސްޓްރީމް ކުރަން ފަށާ މި ވެބް ސީރީޒަކީ ރިތޭޝް ދޭޝްމުކްގެ ފުރަތަމަ ވެބް ސީރީޒެވެ. މި ސީރީޒަކީ އިންޑިއާގައި ބޭސް ވިއްކާ މީހުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހާމަކޮށް ސިއްހީ ދާއިރާ އަށް ފައިދާ ހޯދައި ދިނުމަށް އަލިއަޅުވާލާ ކުޅެފައިވާ ސީރީޒެކެވެ.

ބްލޫ ޓިކް

މ މަހު 19 ގައި ސްޓްރީމް ކުރަން ފަށާ މި ސީރީޒްގައި ފެންނާނީ ޕައްލާވީ އާއި ސިދާތު ނިގާމެވެ. މި ސީރީޒްގައި ދައްކާނީ ވައިރަލް ވީޑިއޯތަކުގެ ސަބަބުން މަޝްހޫރުކަން ހޯދި އިންފްލޫއެންސަރެއްގެ ވާހަކައެވެ.