Roadha Mihaaru
"ކޮފީ ވިތް ކަރަން" ދެން ޓީވީން ނުދައްކާނެ

"ކޮފީ ވިތް ކަރަން" ދެން ޓީވީން ނުދައްކާނެ

05 މެއި 2022

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހޯސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަން އެއްވެސް ޓީވީ ޗެނަލަކުން ނުދައްކާނެ ކަން އިއުލާންކޮށްފި އެވެ. "ކޮފީ ވިތު ކަރަން"، 2004 އިން ފެށިގެން ގެނެސްދެމުން އައީ ސްޓާ ވޯލްޑް އިންޑިއާ އިންނެވެ. އިއްޔެ އެންމެ ފުރަތަމަ ކަރަން ސަޕޯޓަރުންނަށް ދިން ޚަބަރަކީ އެ ޝޯގެ ހަ ސީޒަން ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާ ކަަމަށާއި އެ ޝޯ އަނބުރާ ނާންނާނެ ކަމަށެވެ.

އެކަމަކު އޭގެ މާ ގިނައިރުތަކެއް ނުވެ އަދި މާ ބޮޑު މުހިންމު ކަމެއް އިއުލާންކުރަން އެބަ އޮތް ކަމަށް ބުނެ، ކަރަން ބުނީ ޝޯ އަނބުރާ ނާންނާނީ ޓީވީ އަށް ކަމަށެވެ. އެކަމަކު، ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އެ ޝޯ އާ ސީޒަން ސްޓްރީމްކުރާނެ ކަމަށް ބުންޏެވެ.

ކަރަން ބުނެފައިވާ ގޮތުގައި އިންޑިއާގެ މަޝްހޫރު ތަރިން އެ ޝޯ އަށް އައިސް ގިނަ ވާހަކަތަކެއް ހިއްސާކުރާނެ ޝޯއަކަށް މިފަހަރު ވެސް ވާނެ އެވެ. ގޭމްތައް ވެސް އެ ޝޯގައި އޮންނާނެ ކަމަށް ބުންޏެވެ.

ޑިޖިޓަލް އޯޑިއަންސް އަށް މިފަހަރު އެކްސްކްލޫސިވްކޮށް ޝޯ ގެނެސްދޭ ގޮތަށް ހަމަޖެހުނުއިރު، މިއީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އެހާ މަޝްހޫރު ޝޯއެއް ގެނެސްދޭނެ ފުރަތަމަ ފަހަރެވެ.

އާ ސީޒަން ފަށާނެ ވަކި ތާރީހެއް އަދި ނޭނގެ އެވެ.

މީގެ ކުރިން ކަރަން އަށް އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ، އެއީ ވަކި ބަޔަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ ޝޯއެެއް ކަމަށް ބުނެ އެވެ. ހާއްސަކޮށް އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާތަކުގެ މީހުންނަށެވެ.