Roadha Mihaaru
މަހެއް ތެރޭގައި ބަންކަރިންގެ ހިދުމަތް ފަށާނެ: ސައީދު

މަހެއްހާ ދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތް ފަށައި 400 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދޭނެ: ސައީދު

08 ޖުލައި 2024

އެސްޓީއޯ އިން ހއ. އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިންގެ މަޝްރޫއު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމުން، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަައީދު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެސްޓީއޯ އިން ހއ. އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިންގެ މަޝްރޫއު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމުން، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަައީދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ސައީދު ވިދާޅުވީ ބަންކަރިންގެ މަޝްރޫއު ނިންމައި، މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ހިދުމަތް ފަށާނެ ކަމަށެވެ. އެސްޓީއޯ އިން މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ބޮޑު ދެ ޓޭންކަރު ގަނެފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްއެންޑީއެފްއާ ގުޅިގެން ޗާޓުތައް އަޕްޑޭޓްކުރުމުގެ މަސައްކަތާއި މި ހިދުމަތް ފެށުމަށްޓަކައި ކަސްޓަމްސް އާއި އިމިގްރޭޝަންއާ އެކު ވެސް އެސްޓީއޯ އިން މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތާ އެކު ކުރިމަތިވެދާނެ ތިމާވެށީގެ މައްސަލަތަކަށް ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަންނަނީ ތައްޔާރުވަމުން ކަމަށެވެ.

"މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ބަންކަރިން ހިދުމަތުގެ ވަޒީފާއަށް ނެގުމަށްޓަކައި 40 މީހުންގެ ވަޒީފާ މީގެ ގާތްގަނޑަކަށް ތިން ހަފުތާ ކުރިން އެސްޓީއޯ އިން ވަނީ އިއުލާންކޮށްފައި،" ސައީދު ވިދާޅުވި އެވެ.

މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެއް މަސްދުވަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފަށާނެ: ސައީދު

"މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެއް މަސްދުވަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފަށާނެ."

ހަރުގެ ޖަލްސާގައި ޕީއެންސީގެ އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަރުގެ ޖަލްސާގައި ޕީއެންސީގެ އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސައީދު ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމާ އެކު ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. ރާއްޖޭގެ ޖީޑީޕީ އަކީ މިހާރު 6.5 ބިލިއަން ޑޮލަރު ކަމަށާއި ބަންކަރިންގެ ހިދުމަތް ފެށުމާ އެކު، އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖީޑީޕީ އަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ދިރުން ލިބި، ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވާނެ ކަމަށެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ. ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި ތެޔޮ ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް އަދި ނެތެވެ.

ކުރީގެ ސަރުކާރުން ވެސް އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދޭން މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކުރި އެވެ. އެކަމަކު އެ އެއްބަސްވުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަވެފަ އެވެ.