Roadha Mihaaru
ލޭ ހަދިޔާކުރަން ހޮނިހިރުދުވަހު އެލިއާއިން ކޭމްޕެއް

ލޭ ހަދިޔާކުރަން އެލިއާއިން ހޮނިހިރު ދުވަހު ކޭމްޕެއް ބާއްވަނީ

10 ޖުލައި 2024

އެލިއާގެ 10 ވަނަ ބްލަޑް ޑޮނޭޝަން ކޭމްޕް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލިއާގެ 10 ވަނަ ބްލަޑް ޑޮނޭޝަން ކޭމްޕް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ލޭ ހަދިޔާކުރަން އެލިއާ އިން ކޮންމެ އަހަރަކު ބާއްވާ މި ކޭމްޕް މި އަހަރު އޮންނާނީ އަންނަ ހޮނިހިރުދުވަހު މާގިރި ހޮޓަލުގަ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސްއާ އެކު އެލިއާއިން ބާއްވާ މި ކޭމްޕުގައި ހެނދުނު 9 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ލޭ ހަދިޔާކުރެވޭނެ އެވެ.

އެލިއާއިން ބުނި ގޮތުގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މި ކޭމްޕުގެ އަމާޒަކީ ލޭ ހަދިޔާކުރަން އާއްމުންނަށް ހިތްވަރުދީ، އަލަށް ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަސޭހައިން ފަހިކޮށްދިނުމެވެ.

މި ކޭމްޕަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ސިއްހީ ދާއިރާގެ އެކި ފަރާތްތަކުން ކޭމްޕުގައި ހަރަކާތްތެރިވާނެ ކަމަށް އެލިއާ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ކޭމްޕަކީ އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް ބިނާކުރަން ހިތްވަރުދޭ ކޭމްޕެއް ކަމަށެވެ. އުއްމީދަކީ މި ކޭމްޕުގެ ސަބަބުން، ލޭ ބޭނުންވެފައި ތިބި ގިނަ ފަރާތްތަކަކަށް ފަސޭހަކަމާ އެކު ލޭ ލިބުން ކަމަށް އެލިއާ އިން ބުންޏެވެ.

މިއަހަރު ވެސް މި ކޭމްޕް ކުރިއަށް ދާއިރު ބޯޑްގޭމުތައް ކުޅެވޭނެ އިންތިޒާމު ހުންނާނެ އެވެ. މި ކޭމްޕުގައި އެލިއާގެ ގިނަ މުވައްޒަފުން ވެސް ލޭ ހަދިޔާ ކުރެ އެވެ.