އދ. ގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ހައްގުތަކަށް ރާއްޖެ އިން ތަބާވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
10 ޖުލައި 2024
އދ. ގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ހައްގުތަކަށް ރާއްޖެ އިން ތަބާވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެ އޮފީހުން މިއަދު ބުނީ ރާއްޖެ އިން ހުށަހަޅާފައިވާ ދެ ވަނަ ޕީރިއޮޑިކް ރިޕޯޓު، ބައިނަލްއަގުވާމީ ޖަމާއަތުގެ ހިއުމަން ރައިޓްސް ކޮމިޓީން މުރާޖައާ ކުރުމަށްޓަކައި ޖެނީވާގައި އިއްޔެ އާއި މިއަދު ބޭއްވި ރިވިއު ސެޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.
އެ ރިވިއު ފެށުމުގެ ގޮތުން ރާއްޖޭގެ ވަފުދުގެ އިސް އޮފިޝަލް އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމާއި އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް ކަމަށެވެ.
ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައި، އުޝާމް ވިދާޅުވީ ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ދޭނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ގެންދިޔަ ރިވިއުގައި އޭޖީ އޮފީހުގެ އިތުރުން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޖެނިވާގައި ހުންނަ އދ. އޮފީހުގެ އިސް އޮފިޝަލުން ހިމެނޭހެން، މަތީ ފެންވަރުގެ ވަފުދެއް ބައިވެރި ވި އެވެ.
އެއީ އައިސީސީޕީއާރުގެ ދަށުން ކަށަވަރު ކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެ ގޮތަށް ދިނުމަށްޓަކައި ޖުލައި 2012 އިން މާޗު 2022 އަށް ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމަނައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެކެވެ.
ރިވިއު ސެޝަނަށް ފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި ރިވިއު ސެޝަންގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ނިންމުންތަކާއި ހުށަހެޅުންތައް މި މަހުގެ 19 ވަނަ ދުވަހު ހިއްސާކުރާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ސެޕްޓެމްބަރު 19، 2006 ގައި ރާއްޖޭން ބައިވެރިވެ، އެ އަހަރުގެ ޑިސެމްބަރު 19 ގައި ތަސްދީގުކުރި އައިސީސީޕީއާރުއަކީ އިންސާނީ ހައްގުތަކާ ބެހޭ ވަށައިޖެހޭ މުއާހަދާއެކެވެ. އެ މުއާހަދާގައި ދީނީ މިނިވަންކަން ބަޔާންކުރާ 18 ވަނަ މާއްދާ ފިޔަވައި މުޅި މުއާހަދާ އަށް ރާއްޖޭން އެއްބަސްވެފައި ވާއިރު، އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކޮށްދިނުމާއި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތައް ހިމާޔަތް ކުރުން އެ މުއާހަދާ އިން ލާޒިމް ކުރެ އެވެ.
އިސްލާމް ދީނުގެ ފުރިހަމަކަމާއި ލުއިފަސޭހަކަން
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
ތަރާވީހު، ދަމުނަމާދުގެ ރަކްއަތްތަކުގެ އަދަދަކީ ކޮބާ؟
ނުކައި ނުބޮއެ ހުރުމަކީ ރޯދަހިފުމެއް ނޫން
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ މަނާ ކަމެއްތަ؟
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ
މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ފޮނުވިން: އޭޖީ
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި