ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތާ ދުވަސްތަކެއް ފަހުން، އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލުން އެ ކަމާ މެދު އިއްޔެ މަޝްވަރާކޮށްފި އެވެ.
26 ޖުލައި 2024
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތާ ދުވަސްތަކެއް ފަހުން، އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލުން އެ ކަމާ މެދު އިއްޔެ މަޝްވަރާކޮށްފި އެވެ.
އެ ކުންފުނިން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ފަރާތުގެ މެނޭޖްމެންޓާ އެކު ބޭއްވި ބައްދަލުވުމުގައި، ހުޅުމާލޭގައި އެޗްޑީސީން ދޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކުރަން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެކަމަކު، އެ މަޝްވަރާތަކުގެ އެއްވެސް ތަފުސީލެއް ނުދެ އެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމްއާއެކު ބައްދަލުވުމެއް ބާއްވާފައި.
— Housing Development Corporation (@hdcmaldives) July 25, 2024
ދެފަރާތުގެ މެނޭޖްމެންޓް ޓީމާއެކު ބޭއްވުނު މި ބައްދަލުުވުމުގައި ހުޅުމާލޭގައި އެޗްޑީސީއިން ދެމުންގެންދާ މުނިސިޕަލްގެ ހިދުމަތްތައް ސިޓީ… pic.twitter.com/GbJvPiSNhd
މާލޭގެ މޭޔަރު އާދަމް އާޒިމް "މިހާރު" އަށް ކުރިން ވިދާޅުވީ، ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރިތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވި އިރު ވެސް އެ އަށް އަމަލެއް ނުކުރާ ކަމަށެވެ. އެހެންވެ، އެޗްޑީސީއާ މަޝްވަރާކުރަން މީގެ ކުރިން މަސައްކަތް ކުރެއްވި ކަމަށާއި އެކަން ކާމިޔާބީއެއް ނުވި ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.
ކެބިނެޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިންމި ނިންމުމާ އެއްގޮތަށް، އެޗްޑީސީން ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ވެސް ޖެނުއަރީ 4، 2024 ގައި ސޮއިކޮށްފަ އެވެ.
މުނިސިޕަލްގެ ހިދުމަތްތައް ބަދަލުކުރުމުގެ އެއްބަސްވުމުގައި، އެޗްޑީސީ އަދި ސިޓީ ކައުންސިލްގެ އިސްވެރިން އިއްޔެ މަޝްވަރާކުރައްވަނީ.-- ފޮޓޯ: އެޗްޑީސީ
"އަޅުގަނޑުމެން މި ތިބީ މާލޭގެ ބައިވަރު ރައްޔިތުންތަކެއް އެ ތަނުގައި ތިބީމާ ސިޓީ ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ނުދީ. ބަނދަރުގެ ހިދުމަތްތަކާއި މުނިސިޕަލް އެކި ހިދުމަތްތައް ނުދެވިފައި މި ތިބީ. މި ޝަކުވާ އަޅުގަނޑަށް ވެސް ލިބޭ،" އާޒިމް ވިދާޅުވި އެވެ.
"ހުޅުމާލޭގެ ވެސް އެތައް ރައްޔިތުންގެ ވޯޓާއެކު އަޅުގަނޑު ހޮވަނީ. ހޮވީމަ، އެ މީހުންގެ ސޯޝަލް ހައުސިންގެ ތެރޭގައި ހިނގާ ކަންތަކަށް ވެސް އެޓެންޑު ނުކުރެވި، އެ ހުރިހާ ކަމެއް ވެސް އެބަ ހިނގާ. ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް، ކުރަންޖެހޭ މީހުން ނުކޮށް އޮތީމަ އަސްލު ދަތިކަން މި އަންނަނީ."
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
މުނިސިޕަލް ހިދުމަތް މޮނިޓާކުރާނެ ބަޔަކު ހޯދަނީ
އެޗްޑީސީން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދީފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
އެމްޑަބްލިއުއެސްސީން ފަޒީލް ސަސްޕެންޑްކޮށްފި
ފަޒީލް އަށް ގޯތި ހައްގު ނޫނަސް ވަށާފާރު ހުރީ ރާނާފައި
ފަޒުލް އާއި އެޗްޑީސީގެ ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފި