Roadha Mihaaru
"ކަވާ" ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

"ކަވާ" ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

18 ޖުލައި 2024

"ކަވާ" އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

"ކަވާ" އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ބައިނަލްއަގުވާމީ މުބާރާތަކީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކަވާ) އާ ގުޅިގެން 20 އަހަރުން ދަށުގެ އަންހެނުންނަށް ބާއްވާ މުބާރާތެކެވެ. ކަވާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ 14 ގައުމެއް ހިމެނޭ ޖަމިއްޔާއެކެވެ. އަދި މިއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ)ގެ އެފިލިއޭޓެޑް ޖަމިއްޔާއެކެވެ.

ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ ދިވެހި އެތުލީޓުންގެ ކުރިއެރުމަށް އެއްބާރުލުން ދީ، އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތުތައް ފަހިކޮށް ދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި އުންމީދަކީ މި މުބާރާތް މެދުވެރިކޮށް މިކަން ހާސިލްކުރުން ކަމަށް ނާޔާ ވިދާޅުވި އެވެ.

މިއަދު ފަށާ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގަ އެވެ. މި މުބާރާތުގައި ސްރީލަންކާ، ނޭޕާލް، ކިރްގިސްތާން އަދި ރާއްޖޭގެ 20 އަހަރުން ދަށުގެ އަންހެން ޓީމުތައް ބައިވެރިވެ އެވެ.

މި މުބާރާތުގެ ސަބަބުން ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިވެގެން ދާނެ އެވެ.