Roadha Mihaaru
ވޮލީ ޗެމްޕިއަންކަން ސީއެޗްއެސްއީ އާއި ކެޔޮދޫ ސްކޫލަށް

ވޮލީ ޗެމްޕިއަންކަން ސީއެޗްއެސްއީ އާއި ކެޔޮދޫ ސްކޫލަށް

12 ނޮވެމްބަރ 2023

އިންޓަ ސްކޫލް 19 އަހަރުން ދަށުގެ ވޮލީބޯޅަ ޗެމްޕިއަންކަން ސީއެޗްއެސްއީ އާއި ކެޔޮދޫ ސްކޫލް ހޯދައިފި އެވެ.

އިންޓަ ސްކޫލް 19 އަހަރުން ދަށުގެ ވޮލީބޯޅަ ޗެމްޕިއަންކަން ސީއެޗްއެސްއީ އާއި ކެޔޮދޫ ސްކޫލް ހޯދައިފި އެވެ.

ކެޔޮދޫ ސްކޫލުން އަންހެން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދިއިރު ސީއެޗްއެސްއީގެ ފިރިހެން ޓީމު ވަނީ އެ ކެޓަގަރީން ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ.

ހުކުރު ދުވަހުގެ ހަވީރު ކެޔޮދޫ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފަހަތުން އަރައި 3-1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫ ސްކޫލުގެ އާމިނަތު ރިޝްނާ އިބްރާޙިމް އެވެ.

އަންހެން ފައިނަލްގައި ވާދަކުރި މ. އަތޮޅު ތައުލީމީ މަރުކަޒުން 25-20 އިން ފުރަތަމަ ސެޓް ގެންގޮސްފައި ވަނިކޮށް، ކެޔޮދޫ ސްކޫލުން ވަނީ ދެން ކުޅުނު ތިން ސެޓުގައި 25-14، 25-12، 25-14 އިން ގެންގޮސްފަ އެވެ.

މިބައިގެ ޑްރީމް ޓީމުގައި ހިމެނެނީ ކެޔޮދޫ ސްކޫލުގެ ރިޝްނާގެ އިތުރުން އާމިނަތު ރިހްނާތި ފާއިޒް، މަރިޔަމް ނަޖްވާ ނިޒާރު، ނަޚްވާ ނޫހް މުހައްމަދު، މ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު އިބާ ތޯހިރު އާއި ފާތިމަތު އީމާ އަދި ސީއެޗްއެސްއީގެ މަނާލް އިސްމާއިލް ރަޝީދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކެޔޮދޫ ސްކޫލުގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ސީއެޗްއެސްއީ ޓީމް.-- ފޮޓޯ: ވީއޭއެމް/ އެމްއެންއެސްޔޫ މީޑީއާ

19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ސީއެޗްއެސްއީ ޓީމް.-- ފޮޓޯ: ވީއޭއެމް/ އެމްއެންއެސްޔޫ މީޑީއާ

ސީއެޗްއެސްއީން މ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފިރިހެން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ 3-2 ސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީގެ އަހުމަދު ނާވީ އާދަމް އެވެ.

މ. އަތޮޅު ތައުލީމީ މަރުކަޒުން 25-22 އިން ފުރަތަމަ ސެޓް ގެންދިޔަ ނަމަވެސް ސީއެޗްއެސްއީން ވަނީ ޖެހިގެން ކުޅުނު ދެ ސެޓުގައި 25-19، 25-21 އިން ކުރި ހޯދައިފަ އެވެ. މެޗުގެ ހަތަރުވަނަ ސެޓް 25-23 އިން ގެންގޮސް މ. އަތޮޅު ތައުލީމީ މަރުކަޒުން ގެންގޮސްފައި ވަނިކޮށް ސީއެޗްއެސްއީން ޔެމްޕިއަންކަން ޔަގީން ކުރީ 15-10 އިން ފަހު ސެޓް ގެންގޮސްގެންނެވެ.

މި ކެޓެގަރީގެ ޑްރީމް ޓީމުގައި ހިމެނުނީ ސީއެޗްއެސްއީގެ ނާވީގެ އިތުރުން މުހައްމަދު ސައިފް އަހުމަދު، އަހުމަދު އައިހަމް އާމިރު، ސުވަލިހް އާދަމް، މުހައްމަދު ފާއިޝް ފަހީމް އަދި މ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އިމްތިޔާޒް އަފީފް އާއި މުހައްމަދު އިހުސާން އަހުމަދެވެ. އެންމެ މޮޅު ކޯޗަކީ ސީއެޗްއެސްއީގެ ސޮފްވާން އަހުމަދެވެ.